މިފަހަރުގެ "ދައުވަތު" ހުޅުމާލެ ޝްވެކް ސިނަމާއިން

ދައުވަތުގެ ޕޯސްޓަރެއް--

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "ދައުވަތު" ޝްވެކް ސިނަމާގައި އަޅުވަން ނިންމައިފި އެވެ.

ފިލްމު ޝްވެކް ސިނަމާގައި ދައްކަން ފަށާނީ މި މަހުގެ 13، 15 އަދި 17 ވަނަ ދުވަހު އެވެ. ދައުވަތު ފިލްމަށް ޓިކެޓް ބުކް ކުރުން މިހާރު ހުޅުވާލައިފައިވާއިރު ފިލްމަށް ޓިކެޓް ގަންނަން މިހާރު ލިބޭނެ އެވެ. ޓިކެޓް ވިއްކާނީ ޝްވެކް ސިނަމާގަ އެވެ.

ފިލްމު އަޅުވާނީ ހަމައެކަނި ޝްވެކް ސިނަމާގަ އެވެ.

"ދައުވަތު"އަކީ އަލަށް ކައިވެނިކޮށްގެން ހަނީމޫންއަށް ރަށަކަށް ދާ ޒުވާން ދެމަފިރިއަކަށް ސިހުރުވެރިއެއްގެ ކިބައިން ކުރިމަތިވާ ގޯނާތަކާއި ނުރައްކާ ދައްކުވައިދޭ ފިލްމެކެވެ. މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ނެރެފައިވާ ފިލްމެއް ކަމަށް ބުނެ އެވެ.

"ދައުވަތު"ގައި އައްޒަގެ އިތުރުން ދެން ފެނިގެން ގޮސްފައި ވަނީ އަލީ އާޒިމް(ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ބ. ދަރަވަންދޫގަ އެވެ. މި ފިލްމަކީ ވީމިޑިއާގެ މުނިފޫހިފިލުވުމުގެ ގޮފިން ގެނެސްދިން ފުރަތަމަ ފީޗާ ފިލްމެވެ.

"މީހުންގެ ދިރިއުޅުމަށް ކުރިމަތިވާ ކަމެއް މިއީ. އެ މީހުން ތަހައްމަލުކުރަންޖެހޭ ވޭން ދައްކުވައިދޭނެ. އިބްރަތުން ފުރިގެންވާ ފިލްމެއް،" ޔޫއްޕެ ބުންޏެވެ.

comment ކޮމެންޓް