މުސްކުޅި އަންހެނަކު ވައިގޮޅިއަކަށް ވެއްޓި ސީރިއަސް ހާލަތުގައި

އަންހެން މީހާ ވެއްޓުނު ވައިގޮޅި: އެވައިގޮޅީގެ ހަތަރުވަނަ ފަންގިފިލާއިން އަންހެން މީހާ ވެއްޓި ވަނީ އޭނާގެ ބީފެޅި ފައިވެސް ބިދިފައި -- ފޮޓޯ/ ފުލުހުން

މާލޭގެ ގެއެއްގެ ވައިގޮޅިއަށް އުމުރުން ދުވަސްވީ އަންހެނަކު ވެއްޓި އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ 76 އަހަރުގެ އެ އަންހެން މީހާ ވެއްޓުނީ މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ވައިގޮޅިއަށް ކަމަށެވެ. އަންހެން މީހާ ވައިގޮޅިއަށް ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ވައިގޮޅިން ނަގައިގެން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މައްސަލައިގެ ތަހުގީގެއް ވެސް ފުލުހުން ވަނީ ފަށައިފަ އެވެ.

މީގެ ކުރިން، އޮކްޓޯބަރު، 25، 2015 ގައި ހ. ފެންނާގެ ލިފްޓްގޮޅިއަށް 56 އަހަރުގެ އަންހެނަކާއި އޭނާގެ ހަތް މަހުގެ މާމަ ދަރި އަރިއަޅާލައިގެން ވެއްޓި ތުއްތު ކުއްޖާ މަރުވެ، އަންހެން މީހާއަށް ވެސް އެކި ވަރުގެ އަނިޔާވުމުގެ ހާދިސާއެއް ހިނގާފައިވެ އެވެ. އެފަހަރު އެ ހާދިސާ ހިނގީ ލިފްޓްލާން ހަދާފައި ހުރި ގޮޅި ރަނގަޅަށް ބަންދުނުކޮށް ހުރުމުގެ ސަބަބުން އެވެ.

https://sun.mv/63389

comment ކޮމެންޓް