މެގަ މޯލްޑިވްސް އިން އެމްއޭސީއެލްއަށް މިލިއަނެއްހާ ޑޮލަރު ދައްކަން ހުކުމްކޮށްފި

މެގަ މޯލްޑިވްސްގެ ބޯޓެއް ---

އެއާޕޯޓް ސާވިސްޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި މެގަ ގްލޯބަލް އެއާ ސާވިސަސް މޯލްޑިވްސް (މެގަ މޯލްޑިވްސް) އިން ދައުލަތަށް ދައްކަންޖެހޭ މިލިއަނެއްގައި ޑޮލަރު ދެއްކުމަށް ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން، މެގަ މޯލްޑިވްސްގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި އެ އެއާލައިނުން ދައްކަންޖެހޭ ޖުމްލަ 1.014 މިލިއަން ޑޮލަރު 10 މަސް ތެރޭ މީރާ އަށް ދެއްކުމަށެވެ.

މީގެ އިތުރުން 2،800 ރުފިޔާ ދެއްކުމަށްވެސް އެ އެއާލައިނުގެ މައްޗަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ އިއްޔެގެ ނިޔަލަށް މެގަ މޯލްޑިވްސް އިން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި އެ އެއާލައިނުން ދައްކަންޖެހޭ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ދައްކާ ހަލާސް ކުރަން ޖެހޭ ކަމަށެވެ.

މީގެ ކުރިންވެސް މެގަ މޯލްޑިވްސް އިން ދައުލަތަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް އެކުންފުނީގެ މައްޗަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުން މެގަ މޯލްޑިވްސްގެ އޮޕަރޭޝަންތައް 2017 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ. އަދި އެ ކުންފުނި އުވާލަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް