ގޯއެއާ އިން ރާއްޖެ އަށް ކުރި ދަތުރުތައް ހުއްޓަލާ މެދުއިރުމައްޗަށް

ގޯ އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ފުރަތަމަ ފްލައިޓު ވީއައިއޭގައި ޖައްސާފައި --- ފޮޓޯ: އެމްއޭސީއެލް

އިންޑިއާގެ ބަޖެޓް އެއާލައިން، ގޯއެއާ އިން ރާއްޖެއަށް ކުރި ދަތުރުތައް ހުއްޓާލުމަށްފަހު މެދުއިރުމަތީގެ މަންޒިލްތަކަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ގޯ އެއާއިން ރާއްޖެއަށް ކުރި ދަތުރުތައް ހުއްޓާލީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ހުއްޓާލީ ސީދާ ކީއްވެކަމެއް އެކުންފުނިން ނުބުނެ އެވެ.

ގޯއެއާއިން މިހާރު ވަނީ މެދުއިރުމަތީގެ އަގުބޮޑެތި މަންޒިލްތައް ކަމަށްވާ ދުބާއީ، ކުވެއިތު، މުސްކެޓު އަދި އަބޫ ދާބީ ފަދަ މަންޒިލްތަކަށް އުދުހެން ތައްޔާރުވެފަ އެވެ. މީގެ އިތުރުން ތައިލެންޑްގެ ބެންކޮކަށްވެސް އެ އެއާލައިނުގެ ދަތުރުތައް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެ އެއާލައިނުން ބުނެފައިވަނީ އާ ތިން ޑެސްޓިނޭޝަނާއެކު އިންޓަނޭޝަނަލް ހަތް ޑެސްޓިނޭޝަނަކަށް ދަތުރުތައް ބާއްވަން ތައްޔާރުވެފައިވާ ކަމަށެވެ. ގޯ އެއާ އިން އިންޑިއާގެ އެތެރޭގެ އުދުހުންތަކުގައިވެސް ހަރަކާތްތެރިވެއެވެ. އެ އެއާލައިނުން ބުނީ ބެންކޮކާއި ދުބާއީ މުސްކަޓް އަދި އަބޫދާބީ އާ ދެމެދު ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވާނެ ކަމަށެވެ. ދަތުރުތައް ފަށާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. މި މަންޒިލްތަކަށް ދަތުރުތައް ބާއްވާނީ މުމްބާއީ، ދިއްލީ އަދި ކަންނޫރު ފަދަ މަންޒިލްތަކާ ދެމެދު އެވެ.

ގޯ އެއާއިން މާލެ އާއި ބެންގަލޫރު، ނިއުދިއްލީ އަދި މުމްބާއީ އާ ދެމެދު ދަތުރުތައް ބާއްވައިފަ އެވެ.

comment ކޮމެންޓް