ރެއާލްގެ ތަރި އަސެންސިއޯ ރާއްޖޭގައި

ރެއާލް މެޑްރިޑްގެ ތަރި މާކޯ އަސެންސިއޯ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ --

މަޝްހޫރު ކްލަބު ރެއާލް މެޑްރިޑްގެ ތަރި މާކޯ އަސެންސިއޯ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެއެވެ.

އަސެންސިއޯ އިއްޔެ ކުރި ޓްވީޓެއްގައި ވަނީ އޭނާ ރާއްޖޭގައި ހުރިކަން ހާމަކޮށްފައެވެ. އެކަމަކު، ޗުއްޓީ ހޭދަ ކުރާ ރިސޯޓެއް ހާމައެއް ނުކުރެއެވެ.

ޓްވީޓުގައި އަސެންސިއޯ ހިއްސާކުރި ފޮޓޯތަކުން ފެންނަނީ އޭނާ ރިސޯޓެއްގެ ޖެޓީ މަތީގައި އިށީނދެގެން އިން ތަނެވެ. އަދި އޭނާގެ ލޯބިވެރިޔާއާއެކު ބީޗުގައި އޮށޯވެގެން އޮތް މަންޒަރެވެ.

މިދިޔަ ސީޒަނުގައި އަސެންސިއޯ ވަނީ ލަލީގާގައި ރެއާލްއަށް 30 މެޗުގައި އެއް ގޯލު ކާމިޔާބުކޮށް، ހަތަރު އެސިސްޓު ފޯރުކޮށްދީފައެވެ. ކޮޕަޑެލްރޭގައި ތިން ގޯލު އަދި ޗެމްޕިއަންސް ލީގުގައި ދެ ގޯލު އޭނާ ކާމިޔާބު ކުރިއެވެ.

އަސެންސިއޯ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާއިރު ފާއިތުވެ ދިޔަ ސީޒަން ވީ އޭނާގެ ކްލަބު ރެއާލްއަށް ނާކާމިޔާބު ސީޒަނަކަށެވެ. އެ ކްލަބަށް މުހިންމު އެންމެ ތައްޓެއްވެސް ނުލިބެއެވެ. އެ ކްލަބަށް ލަލީގާގެ ތިންވަނަ ލިބުނު އިރު ކޮޕަޑެލްރޭގެ ސެމީފައިނަލުން ވަނީ ކަޓާފައެވެެ. އަދި ޗެމްޕިއަންސް ލީގުގައި ރައުންޑް އޮފް 16އިން ވަނީ ކަޓައިފައެވެ.

comment ކޮމެންޓް