100 މީހުންނާއި އެކު ހުއްޓުނު ފެރީ، މައްސަލަ ހައްލުކޮށް މާލެއަށް

ޕެޓްރޯލް ހުސްވެގެން މީގެ ކުރުން ކަނޑަށް ހުއްޓުނު ފެރީ އެއް: ހއ. އިން މާލެ އަށް ދަތުރު ކުރި ފެރީއެއް މިއަދު ވަނީ ކަނޑުމައްޗަށް ހުއްޓިގެން އެހީތެރިކަން ފޯރުކޮށްދީފައި -- ފައިލް ފޮޓޯ -- ކިޔުންތެރިއެއް

ހއ އަތޮޅުން ފުރައިގެން 100 މީހުންނާއި އެކު މާލެ އަށް ދަތުރުކުރަމުން ދިޔަ ފެރީ ލޯންޗަކަށް ދިމާވި މައްސަލަ ހައްލުކޮށް ދަތުރުފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މެރިން ހޯކްސް2 ނަމަކަށް ކިޔާ 85 ފޫޓުގެ ލޯންޗް ފެރީ ހުއްޓިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 3:27ހާއިރުގައި ކަމަށެވެ.

އެ ލޯންޗް ހުއްޓުނީ ހުންގާނުގެ ބެލްޓެއް ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ފަޅުވެރިންނާ އެކު 100 މީހުން ތިބި އެ ފެރީއަށް އެމްއެންޑީއްފްގެ މާލޭ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދިން އިރު ލޯންޗުން ވަނީ އަމިއްލަ އަށް މައްސަލަ ހައްލު ކޮށްފަ އެވެ.

އަލުން ދަތުރު ފެށިފައިވަނީ އޭގެ ދޮޅު ގަނޑިއެއްހާއިރު ފަހުން ހަވީރު ފަހެއް ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށް އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް