ބީއެމްއެލްއިން ފްރާންސްއަށް ދެކޮޅު ޓިކެޓް ލިބޭ ކުއިޒެެއް

ބީއެމްއެލްއިން ކުރިއަށްގެންދާ ވާލްޑްކަޕް މަޖާގެ ޕޯސްޓަރެއް---

މިހާރު ކުރިއަށްދާ އަންހެނުންގެ ވާލްޑްކަޕް ފުޓްބޯޅަ މުބާރަތާ ގުޅިގެން ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން، ފްރާންސްއަށް ދެކޮޅު ޓިކެޓް ލިބޭގޮތަށް ހާއްސަ ކުއިޒެއް ފަށައިފިއެވެ.

އެ ކުއިޒްގެ ދަށުން ބީއެމްއެލްއިން ކޮންމެ ދުވަހަކުވެސް ދާނީ އެ ބޭންކުގެ ރަސްމީ ޓުވިޓާ އަދި ފޭސްބުކް ޕޭޖްގައި ސުވާލުތަކަށް ޕޯސްޓްކުރަމުންނެވެ.

އެ ކުއިޒް މިއަދު ފަށާފައިވާއިރު އަންނަ މަހު ހަތެއްގެ ނިޔަލަށް އެ ކުއިޒް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

އެ ކުއިޒްގައި ބީއެމްއެލްއިން ކޮންމެ ދުވަހަކުވެސް ފޭސްބުކް އަދި ޓުވިޓާ ގައި ޕޯސްޓް ކުރާ ސުވާލުތަަކަށް ޖަވާބު ދެވިދާނެއެވެ.

"މިސާލަކަށް ރަނގަޅު ޖަވާބަކީ އެކެއް ނަމަ އެކެއް ޖަހައި #WorldCupMajaa ޖެހުމުން ކުއިޒްގައި ބައިވެރިވެވޭނެ،" ބީއެމްއެލްގެ ޓުވީޓުގައި ވެއެވެ.

ބީއެމްއެލްއިން ބުނީ އެ ކުއިޒްގެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ރަނގަޅުކުރާ ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާނެކަމަށެވެ. އަދި ގުރުއަތުން ހޮވާ ފަރާތަކަށް 1000 ޑޮލަރާއެކު ފްރާންސްގެ ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި އޭނާ ބޭނުންނަމަ އެހެން މީހެއް ގޮވައިގެންވެސް ފްރާންސްއަސް ދެވިދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

comment ކޮމެންޓް