ސިމްވާ އާއި އިތުރު ދެ މީހަކަށް ސިޔާސީ މަގާމު ދީފި

ސިމްވާ ރައީސް ސޯލިހާއެކު -- ފޮޓޯ: ޓްވިޓާ

ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހުމަދު އަންވަރު (ސިމްވާ) އާއި އިތުރު ދެމީހަކަށް ސިޔާސީ މަގާމު ދީފިއެވެ.

ސިމްވާ އައްޔަނުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ. ސިމްވާ އަކީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެކެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ އިދިކޮޅުން ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކީ މީހުންގެ ތެރޭގައި ސިމްވާ ފާހަގަ ކުރެވެއެވެ. ޓްވިޓާގައި އޭރު ސަރުކާރަށް ފަދު ކިޔުމާ ގުޅިގެން ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު ސަރުކާރުގެ ފަހުކޮޅު ސިމްވާ ދިރިއުޅުނީ ލަންކާގައެވެ.

ސިމްވާގެ އިތުރުން ދެން ސިޔާސީ މަގާމު ދީފައިވަނީ ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރި މުހައްމަދު ޝިފާން އަށާއި ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރި އިބްރާހިމް އައްސަދަށެވެ.

ހެރިޓޭޖު މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އެމްޑީޕީގެ އެކްޓިވިސްޓު ޝަމްއޫނު ޖަލީލް (ލޫކަސް)ވެސް މިއަދު ވަނީ އައްޔަނު ކޮށްފައެވެ.

comment ކޮމެންޓް