ތޮއްޑޫގެ ގެސްޓު ހައުސްއަކުން 67 ބަނގުރާ ފުޅި އާއި ބަނގުރާ ހުރި 74 ދަޅު އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެސްޓު ހައުސްއިން އެތަކެތި އަތުލައިގަތީ އެ ގެސްޓް ހައުސްގައި ބަނގުރާ ގެންގުޅެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭގެ ވަގުތެއްގައި އެތަން ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށާއި އެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
ތޮއްޑޫއަކީ ގިނަ އަދަދެއްގެ ގެސްޓު ހައުސް ހުންނަ ރަށެއްކެވެ. ރާއްޖޭގެ ގަވައިދުތައް ބުނާގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކުގައި ރަލެއް ނުވިއްކޭނެ އެވެ.
ބަނގުރާފުޅިތަކެއް އަތުލައިގަތް އިރު މިދިޔަ ދެ ދުވަހުވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ފަސް ރަށަކުން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ތ. ވަންދޫ، ކ. ގާފަރު، ކ. ގުރައިދޫ، ނ. ވެލިދޫ އަދި ގދ. ގައްދޫގެ ހިމެނެ އެވެ.