ދިވެހި ޓެކް ޒުވާނުންނަށް ރަނގަޅު ފުރުސަތެއް

އެމްއެމްއޭ

ފައިނޭންޝަލް އިންކްލޫޝަންއާ ގުޅޭ ޕޮލިސީ އާއި ރެގިއުލޭޝަންތަކުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ޖަމްއިއްޔާއެއްކަމުގައިވާ "އެލަޔަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން" (އަފީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފައިނޭންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ސޮލިއުޝަންސް އީޖާދުކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު މުބާރާތުގައި އީޖާދުކުރެވޭ ސޮލިއުޝަން ވާންޖެހޭނީ އަފީއިން ކަނޑައަޅާފައިވާ ދާއިރާއަކަށް ފެތޭ ސޮލިއުޝަނަކަށެވެ.

އަފީއިން މި މުބާރާތައް ކަނޑައަޅާފައިވާ ދާއިރާތަކަކީ؛

  • ޖެންޑަރ
  • ޔޫތު
  • އޭޖިންގ
  • ފޯސިބްލީ ޑިސްޕްލޭސްޑް ޕާސަންސް
  • ޑީ-ރިސްކިންގ
  • ރެގިއުލޭޓަރީ/ސުޕަވައިޒަރީ ޓެކްނޮލޮޖީ
  • އިންކްލޫސިވް ގްރީން ފައިނޭންސް

މި މުބާރާތުން ހޮވާލެވޭ 14 ފިންޓެކް ސޮލިއުޝަނެއް މި އަހަރު ސެޕްޓެންބަރު މަހު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާއަފީގެ ގްލޯބަލް ޕޮލިސީ ފޯރަމްގައި ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އަކީ ވެސް އަފީގެ މެންބަރެކެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު

comment ކޮމެންޓް