ދިރާގުގެ ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފި

ދިރާގު ހެޑްއޮފީސް ހިންގާ އިމާރާތް: އެ ކުންފުންޏަށް ފުރަތަމަ ތިންމަހު 255 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު

ރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު ކުންފުނި ދިރާގުގެ ބައެއް ހިދުމަތްތަކަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.

ދިރާގުގެ ނަންބަރުތަކަށް ރެއިން ފެށިގެން ގުޅުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު ޑޭޓާގެ ހިދުމަތަށްވެސް ވަނީ ބުރޫ އަރައިފަ އެވެ.

ދިރާގުގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ މައްސަލަތައް ހައްލުކޮށް ކުރިއެކޭވެސް އެއްގޮތަށް މިހާރު ހިދުމަތް ލިބޭނެކަމަށެވެ.

އެކަމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން މާފަށް އެދެމުން ދިރާގުން ކުރި ޓްވީޓެއްގައި ބުނީ ދިރާގުގެ މޮބައިލް ކަސްޓަމަރުންނަށް ގުޅުމާއި ޑޭޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ޓްވީޓްގައި ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް