ދިރާގުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފި

ދިރާގުގެ ހެޑް އޮފީސް-- ސަން ފައިލް ފޮޓޯ

ރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު ކުންފުނި ދިރާގުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައި ދިރާގުގެ ނަމްބަރުތަކަށް ގުޅުމުގައި ބުރު އަރައިފި އެވެ.

ދިރާގުގެ ނަންބަރުތަކަށް ރެއިން ފެށިގެން ގުޅުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު ޑޭޓާގެ ހިދުމަތަށްވެސް ވަނީ ބުރޫ އަރައިފަ އެވެ.

އެކަމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން މާފަށް އެދެމުން ދިރާގުން ކުރި ޓްވީޓެއްގައި ބުނީ ދިރާގުގެ މޮބައިލް ކަސްޓަމަރުންނަށް ގުޅުމާއި ޑޭޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ޓްވީޓްގައި ބުންޏެވެ.

comment ކޮމެންޓް