މަދިރިން ސަލާމަތްވުމަށް އޮތް ސްމާޓް ހައްލެއް

މަދިރި ނައްތާލުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވާ ދުވަސްވަރެކެވެ. ވިއްސާރައިގެ ސަބަބުން މަދިރި އުފެދޭ މިންވަރު އިތުރުވެ، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ އަދި ޗިކުންގުންޏާ ފަދަ ބަލިތައް އަހަރުގެ އެހެން ދުވަސްތަކާ އަޅާބަލާއިރު އިތުރުވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 2485 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. ފާއިތުވި އަހަރާ އަޅާބަލާ އިރު، މި އަހަރުގެ މި ދުވަސްވަރު ޑެންގީ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް ވެސް އެޗުޕީއޭގެ ތަފާސް ހިސާބުތައް ދައްކަ އެވެ. މި އަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ ހދ. އަތޮޅާއި ދ. އަތޮޅު އަދި ރ. އަތޮޅުންނެވެ.

ޑެންގީގެ އިތުރުން ޗިކުންގުންޔާ ފެތުރޭ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. މި އަހަރުގެ މިހާތަނަށް ޗިކުންގުންޔާގެ 1208 ކޭސް ރިޕޯޓުކޮށްފައިވާ އިރު ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އަހަރުގެ މިހާތަނަށް މާލެއިން އެކަނި ވެސް ޗިކުންގުންޔާގެ 379 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. ރ. އަތޮޅާއި ގއ. އަތޮޅުގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް ކޮންޓްރޯލު ކުރުމަށް ކުރަންޖެހޭނެ އެންމެ މުހިއްމު ކަމަކީ މަދިރި އުފެދޭ ތަންތަބް ނައްތާލާ، މަދިރި ކޮންޓްރޯލު ކުރުމެވެ. ވަށައިގެންވާ މާހައުލުގައި މަދިރި އުޅޭ ނަމަ މަދިރިން ސަލާމަތް ވުމެވެ. މަދިރިން ސަލާމަތްވުމަށް މަދިރި ބޭސް އުނގުޅާ މަދިރިއަށް ދުން އަޅާ ހަދާތަން ފެނެ އެވެ. މަދިރި ބޭހަކީ އޭގައި ކެމިކަލް އެކުލެވޭ އެއްޗެކެވެ. ބައެއް މީހުން އެއަށް އެލާޖިކުތަން ވެސް ފެނެ އެވެ. މަދިރިއަށް ދުން އަލައި، ސެލްޓެކްސް ބޭނުންކޮށްގެން މަދުރު މަދުކުރުން ނުވަތަ މަދިރި މެރުން، މަދުރު ދުންދަނޑި ބޭނުން ކުރުމަކީ ވެސް ކެމިކަލުގެ އެކި ބާވަތްތަކަށް މާހައުލު ހުޅުވައިލުމެވެ.

މަދިރިން ސަލާމަތްވުމަށް ލިންކް ސާވުން ވިއްކާ ސްމާޓް ގެޒެޓް--- ފޮޓޯ: ލިންކް ސާވް

އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް، މަދިރިން ސަލާމަތްވާން އޮތްް ސްމާޓް ސޮލިޔުޝަނެއް ލިންކް ސާވުން ވަނީ ގެނެސްދީފަ އެވެ. ޓެކްނޮލަޖީގެ އެހީގައި މަދިިރިން ސަލާމަތްކޮށްދޭ ސޮލިއުޝަންސް ލިންކް ސާވުން ތައާރަފުކޮށްފައިވާ އިރު މީގެ ތެރޭގައި އަތުގައި އަޅާ ބޭންޑު، ކަރުގައި އަޅަން ހާއްސަ ގެެޒެޓް އަދި ގޭތެރެއާއި އޮފީސް، ފިހާރަތައް އަދި އައުޑްޑޯ ގައި ބަހައްޓަން ހާއްސަ ޕްރޮޑަކްޓެއް ވެސް ހިމެނެ އެވެ.

"ސެލްޓެކްސް ޖަހައިގެންް އާންމުކޮށް މަދިރި މި މަރަނީ. އޭގައި ވިހަ މާއްދާތައް އެކުލެވޭ. އެއާ އެކު އަންނަ ސައިޑް އެފެކްސްޓް ކުޑަކުރުމަށް މިގެނައީ ސްމާޓް ސޮލިއުޝަނެއް. ޑިވައިސްގައި މަދިރި ޖެހުނަސް އެކަން ފޯނަށް އެނގޭނެ ކަހަލަ ޑިވައިސްވެސް އެބަހުރި. އޭގެ އިތުރުން މަދިރި، މީހާ އާ ދުރުން އުޅޭނެ ބޭންޑުވެސް ހުންނާނެ،" ލިންކް ސާވުން ބުންޏެވެ.

ލިމަދިރިން ސަލާމަތްވުމަށް ލިންކް ސާވުން ވިއްކާ ސްމާޓް ބޭންޑް--- ފޮޓޯ: ލިންކް ސާވް

މަދިރި ދުރުކުރަން ބޭނުންކުރާ ބޭންޑަކީ އަތުގައްޔާއި ފައިގައި އަދި ކަރުގައި އަޅުވައިގެން ބޭނުންކުރެވޭނެ ޑިވައިސްއެކެވެ. މި ޑިވައިސް އިން ފޮނުވާލާ އަލްޓްރާ ސޮނިކް ސައުންޑާއެކު މަދިރި ކައިރިވުމުން ދުރުކޮށްދެ އެވެ.

ލިމަދިރިން ސަލާމަތްވުމަށް ލިންކް ސާވުން ވިއްކާ ސްމާޓް ގެޒެޓް--- ފޮޓޯ: ލިންކް ސާވް

ލިންކް ސާވުން ވިއްކާ އަނެއް ޑިވައިސް އަކީ މަދިރި ވެކިޔުމް ކޮށްލާ ޑިވައިސް އެކެވެ. "މަދިރި ކައިރިވީމާ އެއަށް ވެކިޔުމްކޮށްލާނީ. ތަޅުންގަނޑުމައްޗަށް ވެއްޓިފައި ވެސް ނުހުންނާނެ މަދިރިއެއް. ވަކިވަރަކަށް ކައިރިވީމާ އެ ޑިވައިސްއަށް ވެކިޔުމްކޮށްލާނީ. ވެކިޔުމް ކޮށްލާގަޑީގައި މަދިރި މަރުވާނެ،" މިއީ އަކީ ގޭތެރެއާއި އޮފީސް، ފިހާރަތައް އަދި އައުޑްޑޯ ގައި ބަހައްޓަން ހާއްސަ ޕްރޮޑަކްޓެވެ.

ލިމަދިރިން ސަލާމަތްވުމަށް ލިންކް ސާވުން ވިއްކާ ސްމާޓް ބޭންޑް--- ފޮޓޯ: ލިންކް ސާވް

ޓެކްނޮލަޖީގެ އެހީގައި، ކެމިކަލް އެކުލެވޭ އުފެއްދުންތައް ބޭނުންނުކޮށް ލިންކް ސާވުން ގެނެސްދޭ ސްމާޓް ސޮލިއުޝަން އަކީ ޔޫރަޕުގެ މާކެޓުތަކުގައި ވެސް ބޮޑު ތަރުހީބެއް ލިބޭ އުފެއްދުމެކެވެ. މިއީ ކަރަންޓު ހަރަދު ކުޑަ، އަޑުމަޑު، ފަސޭހަ އުފެއްދުންތަކެކެވެ.

ހެޔޮ އަގެއްގައި ލިބޭނެ މި ސޮލިޔުޝަން ގަންނަން ބޭނުންނަމަ ލިންކް ސާވްގެެ ފިހާރައަކަށް ޒިޔާރަތް ކޮށްލާށެވެ. ނޫޫންނަމަ ލިންކްސާވްގެ ނަންބަރު 3003000 އަށް ގުޅާލާށެވެ. މިއީ ލައިފްޓައިމް ގެރެންޓީ ޕްރޮޑަކްޓެއް ކަމުގެ ޔަގީންކަން ލިންކް ސާވުން ދެއެވެ. މަދިރި އާ ދެކޮޅަށް ބޭނުންކުރާ މި ސްމާޓް ޑިވައިސްތަކަށް އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަންވެސް ލިންކް ސާވުން ހައްލުކޮށްދޭނެ އެވެ.

comment ކޮމެންޓް