މާރާމާރީ ހުއްޓުވަން ދިޔަ ފުލުހުންނަށް ހަމަލާދީފި

ފުލުހުން--

މާރާމާރީއެއް ހިންގުމާ ގުޅިގެން އެކަން ހުއްޓުވަން ދިޔަ ފުލުހުންނަށް ހަމަލާދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 16:15 ކަން ހާއިރު ޝަހީދު އަލީ ގޯޅިތެރޭގައި މާރާމާރީ ހިންގައިގެން 22 އަހަރުގެ ދެ ފިރިހެނަކާއި އަދި 18 އަަހަރުން ދަށުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ

ފުލުހުން ބުނީ އެ މާރާމާރީ ހުއްޓުވަން އެ ސަރަހައްދަށް ދިޔަ ފުލުހުންނަށް އެ މާރާމާރީ ހިންގި އެކަކު ހަމަލާ ދިން ކަމަށެވެ.

ހައްޔަރުކުރި ތިން މީހުންވެސް މަސްތުގެ ހާލަގައި ތިބި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް