ހަދިޔާއާ އެކު ލިންކްސާވްގެ މުވައްޒަފުން ބަލި މީހުން ގާތަށް

ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހަކަށް ލިންކްސާވްގެ މުވައްޒަފަހު ހަދިޔާ ދެނީ --

ލިންކްސާވްގެ މުވައްޒަފުން ދެ ހޮސްޕިޓަލަށް ޒިޔާރަތްކޮށް ބަލި މީހުންނަށް ހަދިޔާ ބަހައިފިއެވެ.

ލިންކްސާވްއިން ޒިޔާރަތް ކުރީ ހުޅުމާލެ ހޮސްޕިޓަލަށާއި ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށެވެ.

ހުޅުމާލެ ހޮސްޕިޓަލަށް މި މަހުގެ 23 ވަނަ ދުވަހު ޒިޔާރަތް ކުރި އިރު އިއްޔެ އެ ކުންފުނީގެ މުވައްޒަފުން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފަ އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހަކަށް ލިންކްސާވްގެ މުވައްޒަފަހު ހަދިޔާ ދެނީ --

ޒިޔާރަތް ކުރި ވަގުތު އެ ދެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ހުރިހާ ބަލި މީހުންނަށް ވަނީ ހާއްސަ ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ. އެ ގިފްޓް ޕެކުގައި ކަދުރާއި، ކިރު ޕެކެޓާއި، މަސްދަޅު އަދި ޗޮކުލެޓު ފަދަ އެއްޗެހި ހުއްޓެވެ.

އެ ކުންފުނީގެ މުވައްޒަފުން ވަނީ ބަލި މީހުންނާ އެކު ވަގުތު ކޮޅެއް ހޭދަކޮށް، ހާލު ބަލައި ހަދާފައެވެ.

ލިންކްސާވްއިން ސީއެސްއާރްގެ ދަށުން މީގެ ކުރިންވެސް މިފަދަ ކަންތައްތައް ކޮށްފައިވެއެވެ.

comment ކޮމެންޓް