ކޮޅުވެއްޓިއެއްގެ ތެރޭގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މަރުވެފައި އޮއްވާ ފެނުނު ކެޕްޓަން ނަސީމް -- ފޮޓޯ: އޭދަފުށީ ޓައިމްސް

ކޮޅުވެއްޓިއެއްގެ ތެރޭގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ލ. މާވަށުގައި އަޅާފައި އޮތް ކޮޅުވެއްޓިއެއްގައި 59 އަހަރުގެ ދިވެއްސަކު މަރުވެފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭގޮތުގައި ކޮޅުވެއްޓި ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ބ. އޭދަފުށީ ގުލިސްތާނުގޭ އަހްމަދު ނަސީމު އެވެ.

އޭނާ އަކީ ކޮޅުވެއްޓީގެ ކެޕްޓަން ކަމަށް އޭދަފުށީގެ ހަބަރުތައް ގެނެސްދޭ އޭދަފުށީ ޓައިމްސް ގައި ބުނެފައި ވެއެވެ. ނަސީމު މަރުވެފައިވާކަން އެނގުނީ ހާރުކާން ގޮވުމުން ހޭނުލައިގެން ގޮސް ބެލުމުން ކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ.

comment ކޮމެންޓް