ބާޒާރު ތިޔާގިވެ އަގުތައް ދަށަށް

ލޯކަލް މާރުކޭޓް ގޮޅިއެއްފައި ކަރަލާއި އެކު އެކި މޭވާ: މާރުކޭޓުގައި ތަކެތީގެ އަގުތައް ވަނީ ދަށް ވެފައި -- ސަން ފައިލް ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރޯދަމަސް ފެށިގެން އައި އިރު މާރުކޭޓުގައި ތަކެތީގެ އަގުތައް މަތީގައި ހުރި ނަމަވެސް ރޯދަމަހުގެ ފުރަތަމަ ހަފްތާ ނިމި ދެވަނަ ހަފްތާ ފެށިފައިވާއިރު ތަކެތީގެ އަގުތައް ވަރަށް ބޮޑަށް ތިރިވެއްޖެ އެވެ.

އެގޮތުން ރޯދަ މަސް ފެށުނުއިރު 35-40 ރުފިޔާއަށް ކިލޯ އެއް ވިއްކި ކަރާ މިހާރު ހުރީ ދެގުނަ ތިރިކޮށެވެ. އެގޮތުން، ބޮޑު ޑިމާންޑެއް އޮންނަ ކަރާ ކިލޯ މިހާރު ހުރީ 20 އަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ތިޔާގިވެ ބައެއް ތަކެތީތެ އަގު ތިރިވި ނަމަވެސް އަނެއްބައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން ޕެޝަން ފުރުޓް ނުވަތަ ޖުމްހޫރީ މޭވާ، ކިލޯ އެއް ލިބެން ހުރީ 70-75ރ. އަށެވެ. ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ރޯދަ މަސް ފެށުމުގެ ކުރިން ޕެޝަން ފުރުޓް ކިލޯ އެއް ހުރީ 45-55ރ. ދެމެދު އެވެ.

"ރާއްޖެ އިން ބޭރުން މޭވާ މި ގެންނަނީ. ދެން ވަރަށް ގިނަ ދުވަހު ހަލާކުނެވެ މޭވާ އެބަ ހުރޭ. އަނެއްކާ ލިބޭ ވަރު މަދުވެ ޑިމާންޑް ބޮޑުވުމުން އަގު މި އުފުލުނީ. އެ އުފުލުނު ގޮތަށް އަދި ތިރިއެއް ނުވޭ،" ދަތުރުވެރިންގެ މާރުކޭޓު ގޮޅިއެއްގައި މުދާ ވިއްކާ މީހަކު ބުންޏެވެ.

މާރުކޭޓުގެ އަގުތައް:

ކަރާ ކިލޯއެއް 20 ރުފިޔާ އަށް

އެއް ކިލޯ ކަނޑުދޫ މިރުސް: 600 ރުފިޔާއަށް

ފަޅޯ ކިލޯ އެއް: 25 އާއި 35 ރުފިޔާ

ކޮޕީ ފަތް: 10 ރުފިޔާއަށް 4 ނޫނީ 5 ފަތް

ކަންކުން ފަތް: ބޮޑިއެއް ފަސް ރުފިޔާއަށް

ލެޓިއުސް ފަތް: ކިލޯއެއް 100 ރުފިޔާއަށް

އަލަނާސި ކިލޯ އެއް 45 އާއި 50 ރުފިޔާއަށް

ކުޑަ ހަ ފޭރު 100 ރުފިޔާއަށް، ކިލޯ 55-70 ރުފިޔާއަށް

ހަތް އަނބު: 100 ރުފިޔާއަށް،

ހަނީ މެންގޯ ކިލޯއެއް 150 ރުފިޔާއަށް

ދަތުރުވެރިންގެ މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ތިޔާގި އިރު މަސް މާރުކޭޓުގައި މަސް ވެސް ވަރަށް ތިޔާގިވެ އެވެ. ހަމަ އެއާއި އެކު އަގުވެސް ހުރީ ތިރީގަ އެވެ. އެގޮތުން ކަނޑުމަސް ކިލޯއެއް ހުރީ 25 އާއި 30 ރުފިޔާ އަށެވެ. އަތް ތިލަވަރުގެ ގިނި މަސް 20 ހުރިއިރު މެދުވަރެއްގެ ގިނިމައެއް ލިބެން ހުރީ 50 އަށެވެ. ބޮޑެތި ގިނި މަސް ހުޅުބު ޖަހައި ޅިޔަ އަޅާލާފައި ހުރީ 80 އަށެވެ.

comment ކޮމެންޓް