ޕިރަމިޑުން ޓްޑޭސް ޓޭސްޓުގެ ޕްރޮމޯޝަނެއް

ޓުޑޭސް ޓޭސްޓުގެ ޕްރޮމޯޝަން -- ފޮޓޯ: ޕިރަމިޑް

ދިވެހިންގެ ތެރޭގައި މަގުބޫލު "ޓުޑޭސްޓޭސްޓް"ގެ ފްލޭވާޑް ޓީ ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ޕިރަމިޑުން ވިއްކާ ޓުޑޭސްޓޭސްޓުގެ ހާޢްސަ ޕްރޮމޯޝަނެއް ވެސް 15 ދުވަހަށް ކުރިއަށް ގެންދާނެ އެވެ.

ޕިރަމިޑުން ވަނީ ޓުޑޭސްޓޭސްޓްގެ ހަތް ރަހައެއްގެ ޓީ ރާއްޖެއަށް ތައާރަފުކޮށްފަ އެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިރީގައި ކުރިއަށްދާ ޕްރޮމޯޝަން ހަރަކާތުގައި ގަންނަ ޓުޑޭސް ޓޭސްޓް ފްލޭވާޑް ޓީއަށް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

ޓުޑޭސް ޓޭސްޓުގެ ޕްރޮމޯޝަން -- ފޮޓޯ: ޕިރަމިޑް

ޓުޑޭސް ޓޭސްޓްއަކީ ސްރީލަންކާގެ ޓީބޯޑް އިން ދޭ ލަޔަން ލޯގޯ ދީފައިވާ ބްރޭންޑެވެ. އަދި މިއީ ހީރަސް ނުޖަހައި ހުންނަ ސައިފަތް ޕެކެޓުތަކެވެ.

ޕިރަމިޑުން ވިއްކާ ޓުޑޭސް ޓޭސްޓުގެ ރަހަތަކުގެ ތެރޭގައި "މަސާލާ" އާއި "ބްލެކް ޓީ ލެމަން" "ގްރީން ޓީ ޖޭސްމިން" "ބްލެކް ޓީ ސިނަމަން" "ބްލެކް ޓީ ޖިންޖާ" އަދި "ޕިއޯ ގްރީން ޓީ" ހިމެނެ އެވެ.

މި ޕެކުތައް ބަންދުކޮށްފައި ހުންނަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ކޮޓަރިތަކުގައި ބަހައްޓަން ވެސް އެކަށޭނަ ގޮތަކަށެވެ. ދިވެހިންގެ ރަހަތަކާ ގުޅޭ މި ސައިފަތް ޕެކެޓުގައި ސައި ތައްޔާރުކުރާނެ ގޮތް ލިޔެފައި ވެސް ހުންނާނެ އެވެ.

comment ކޮމެންޓް