"ޕަތީ ޕަތުނީ އޯރު ވޯ" ރިލީޒް ކުރާނީ ޑިސެމްބަރު މަހު

އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައި އޮތް ފިލްމު 'ޕަތީ ޕަތުނީ އޯރް ވޯ' ރިލީޒްކުރަން އަންނަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހަށް އަވަސްކޮށްފި އެވެ.

'ޕަތީ ޕަތުނީ އޯރް ވޯ' އަކީ ހަމަ އެނަމުގައި 1978 ވަނަ އަހަރު ރިލީޒްކުރި ފިލްމުގެ ރީމޭކް އެކެވެ. ފިލްމުގެ ރީމޭކް އިން ފެނިގެންދާނީ ކާރްތިން އާރްޔާން، ބޫމީ ޕެދްނޭކަރު އަދި އަނަންޔާ ޕާންޑޭ އެވެ.

މުދައްސިރް އަޒީޒު ޑައިރެކްޓުކޮށް، ޓީ ސީރީޒާއި ބީއާރް ސްޓޫޑިއޯ ގުޅިގެން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު އެވެ.

މީގެ 40 އަހަރު ކުރިން ރިލީޒް ކުރި 'ޕަތީ ޕަތުނީ އޯރް ވޯ'ގެ ވާހަކަ ބިނާކޮށްފައި ވަނީ ފިރިއަކު އޭނާގެ ސެކްރެޓަރީ އާ ކައިވެނީގެ ބޭރުން ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއްގެ މައްޗަށެވެ. ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދިޔައީ ސަންޖީވް ކުމާރު، ވިދްޔާ ސިންހާ އަދި ރަންޖީތާ ކޯރް އެވެ.

ކަމްލޭޝްވަރު ލިޔުނު ސްކްރީންޕްލޭ އެއްގެ މައްޗަށް އުފެއްދި އެ ފިލްމަށް ވަނީ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ސްކްރީން ޕްލޭގެ އެވޯޑް ލިބިފަ އެވެ.

comment ކޮމެންޓް