"ޗަޕާކް"ގައި ދީޕިކާ ފެންނަނީ އެސިޑުގެ ހަމަލާއެއްގެ ޝިކާރައަކަށްވެފައިވާ މީހެއްގެ ގޮތުގައި

ފިލްމުގައި ދީޕިކާ ފެނިގެންދާނެ ގޮތް، އަދި އެސިޑްގެ ޝިކާރައަކަށްވި ލަކްޝްމީ--

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު"ގެ ކާމިޔާބަށް ފަހު ދީޕިކާ ޕަދުކޯން އާ ފިލްމަކަށް ސޮއިކޮށް އެ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.

"ޗަޕާކް"ގެ ނަމުން ނަން ދީފައިވާ އެ ފިލްމަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. އެ ފިލްމުގެ ފަސްޓް ލުކް މިހާރު ދައްކާލައިފައިވާއިރު ޕޯސްޓަރުގައި ދީޕިކާ ފެނިގެންދަނީވެސް ތަފާތުކޮށެވެ. އެސިޑުގެ ހަމަލާއަކަށް ދީޕިކާވެފައިވާ މަންޒަރު ފިލްމުގެ ޕޯސްޓަރުން ފެނެއެވެ.

ދީޕިކާ އާއެކު ފިލްމުގައި ފެނިގެންދާނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު އެފިލްމުގައި ފެނިގެންދާނީ ލަކްޝްމީގެ ފިރިމީހާ އަލޯކް ޑިކްސިތުގެ ރޯލުންނެވެ.

ފިލްމު ސްކްރީނަށް އަންނަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

އުމުރުން 28 އަހަރުގެ ލަކްޝްމީ އެސިޑްގެ ޝިކާރައަކަށްވީ އުމުރުން އެންމެ 15 އަހަރުގައެވެ. މިހާރު އޭނާ އަކީ އެސިޑު ހަމަލާތައް ހުއްޓުވުމަށް ތަފާތު ކެމްޕެއިންތައް ހިންގަމުން އަންނަ މީހެކެވެ.

comment ކޮމެންޓް