ފިލްމުފެއާ އެވޯޑުގެ މޮޅު އެކްޓަރުންނަކީ އާލިއާ އާއި ރަންބީރު!

ހޮނިހިރު ދުވަހު ނިމިގެން ދިޔަ 64 ވަނަ ފިލްމުފެއާ އެވޯޑުގެ އެންމެ މޮޅު އެކްޓަރުންގެ އެވޯޑު ބޮލީވުޑްގެ ހިތްގައިމު ޖޯޑު، އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ހޯދައިފި އެވެ.

އާލިއާއަށް އެންމެ މޮޅު އެކްޓަރު (ޕޮޕިއުލާ)ގެ އެވޯޑު ލިބުނީ ފިލްމު 'ރާޒީ' ގައި އޭނާ އަދާކުރި "ސެހެމަތު"ގެ ރޯލުންނެވެ. މިއީ ފިލްމުފެއާގެ މޮޅު އެކްޓަރުގެ އެވޯޑު އާލިއާ ހޯދި ދެވަނަ ފަހަރެވެ. ރަންބީރަށް އެވޯޑު ލިބުނީ ފިލްމު 'ސަންޖޫ' އިންނެވެ.

އާލިއާ އަށް 'ރާޒީ' އިން އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނު އިރު، އަހަރުގެ އެންމެ މޮޅު ފިލްމަކަށް ވެސް ހޮވުނީ 'ރާޒީ' އެވެ. އަދި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ވެސް ހޯދީ އެ ފިލްމުގެ ޑައިރެކްޓަރު މޭގްނާ ގުލްޒާރަށެވެ.

ކްރިޓީކުން ހޮވި އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑު ލިބުނީ ފިލްމު 'ބަދާއީ ހޯ'ގެ ބަތަލާ ނީނާ ގުޕްތާ އަށެވެ. އެންމެ މޮޅު ފިރިހެން އެކްޓަރު (ކްރިޓިކްސް)ގެ އެވޯޑު ގެންދިޔައީ ފިލްމު 'އަންދާދުން' އިން އާޔޫޝްމަން ކުރާނާ އަދި ފިލްމު 'ޕަދްމާވަތު' އިން ރަންވީރު ސިންގ އެވެ. ކްރިޓީކުން ހޮވި އެންމެ މޮޅު ފިލްމަކީ 'އަންދާދުން' އެވެ.

މިދިޔަ އަހަރު ކާމިޔާބު ގިނަ ފިލްމުތަކެއް ރިލީޒްކުރި އިރު ފިލްމުފެއާގެ ގިނަ އެވޯޑުތައް ގެންދިޔައީ ފިލްމު 'ރާޒީ'، 'ބަދާއީ ހޯ' އަދި 'އަންދާދުން' އިންނެވެ.

ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ބައިވެރިވި އެ ހަފްލާ ހުށަހަޅައިދިނީ ޝާހްރުކް ޚާން އެވެ. އެވޯޑު ހަފްލާގައި ފަންނާނުންގެ ހުށަހެޅުންތައް ފެނިގެން ދިޔަ އެވެ.

ފިލްމުފެއާ އެވޯޑު ހޯދި ފަރާތްތައް:

އެންމެ މޮޅު އެކްޓަރު (ޕޮޕިއުލާ): އާލިއާ ބަޓް (ރާޒީ)، ރަންބީރު ކަޕޫރު (ސަންޖޫ)

އެންމެ މޮޅު އެކްޓަރު (ކްރިޓިކްސް): ނީނާ ގުޕްތާ (ބަދާއީ ހޯ)، ރަންވީރު ސިންގް (ޕަދްމާވަތު)، އާޔޫޝްމަން ކުރާނާ (އަންދާދުން)

އެންމެ މޮޅު ޑައިރެކްޓަރު: މޭގްނާ ގުލްޒާރު (ރާޒީ)

އެންމެ މޮޅު ފިލްމު (ޕޮޕިއުލާ): ރާޒީ

އެންމެ މޮޅު ފިލްމު (ކްރިޓިކްސް): އަންދާދުން

އެންމެ މޮޅު ޑެބިއު ޑައިރެކްޓަރު: އަމަރް ކޯޝިކް (ސްޓްރީ)

އެންމެ މޮޅު ސަޕޯޓިންގ އެކްޓަރު: ސުރޭކާ ސިކްރީ (ބަދާއީ ހޯ)، ގަޖްރާޖް ރާއޯ (ބަދާއީ ހޯ)، ވިކީ ކޯޝަލް (ސަންޖޫ)

އެންމެ މޮޅު އޮރިޖިނަލް ސްޓޯރީ: މުލްކު

އެންމެ މޮޅު ޑައިލޮގު: އަކްޝަތު ގިލްދިޔާލް (ބަދާއީހޯ)

އެންމެ މޮޅު ޑެބިއު އެކްޓަރު: އިޝާން ކައްތަރު (ދަޅަކް)، ސާރާ އަލީ ޚާން (ކޭދާރްނާތު)

އެންމެ މޮޅު އޮރިޖިނަލް ސްކޯ: އަންދާދުން

އެންމެ މޮޅު ކޮރެއޮގޮރަފީ: ގޫމަރު (ޕަދްމާވަތު)

އެންމެ މޮޅު ސިނެމެޓޯގްރަފީ: ޕަންކަޖް ކުމާރު (ތުމްބާޑް)

އެންމެ މޮޅު އެޑިޓިން: އަންދާދުން

އެންމެ މޮޅު ވީއެފްއެކްސް: ޒީރޯ

އެންމެ މޮޅު ޕްލޭބެކް ލަވަކިޔުންތެރިން: އަރީޖީތު ސިންގ (އޭ ވަތަން ، ރާޒީ، ޝްރެޔާ ގޯޝަލް (ގޫމަރު ، ޕަދްމާތު)

އެންމެ މޮޅު ލިރިކްސް: ގުލްޒާރު (އޭ ވަތަން ، ރާޒީ)

comment ކޮމެންޓް