އެކްސިޑެންޓުވުމުން ސައިކަލާ އެކު ފިލައިފި

އައިޖީއެމްއެޗް ހޮސްޕިޓަލް---

ރޭ ދަންވަރު 2:20 އެހާކަންހާއިރު އަމީނީމަގާއި ސިއްތިމާވާ ހިނގުން ގުޅުނު ކަންމަތިން އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި، ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އޭނާގެ ކޮނޑު ހުޅުން ބިންދައިގެން ގޮސް ކޯ ކަށިގަނޑު ބިނދިފައިވާ ކަމަށާއި މޫނުމަތި މަށައިގެންގޮސް، އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ އަށް އައިޖީއެމްއެޗުގެ އީއާރުގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި ހާލަތާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން އެނގޭނީ ޓެސްޓުތަކުގެ ނަތީޖާއަށް ފަހު ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެ އެކްސިޑެންޓު ހިނގި އިރު އަނެއް ސައިކަލުގައި އިން މީހާ ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން އެކްސިޑެންޓުވާ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކްސިޑެންޓުގައި ލިބޭ އަނިޔާ ކުޑަކުރުމަށް ބްރިޖާއި ލިންކް ރޯޑުގައި ދުއްވާއިރު ހެލްމެޓު އެޅުންވެސް ވަނީ މިހާރު މަޖުބޫރު ކޮށްފައެވެ.

comment ކޮމެންޓް