ފިހާރައެއް ފަޅާލައި ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފި

ހެންވޭރު ގެއެއް ބަލައި ފާސްކުރަމުންދިޔަ ސަރަހައްދު ފުލުހުން ބަންދުކޮށްފައި: މާލޭގެ ފިހާރައެއް ފަޅާލައި މިއަދު ވަނީ ބައި ލައްކައެއްހާ ރުފިޔާ ވަގަށް ގެންގޮސްފައި -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

މާލޭގައި މިއަދު ހެނދުނު ފިހާރައެއް ފަޅާލައި ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު 8:30 ހާއިރު އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރަ ފަޅާލައިގެން އެތަނުން ވައްކަން ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެފިހާރައިން 13،500 އަށްވުރެ ގިނަ ރުފިޔާ އާއި 2600 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މާލޭގައި މި ފަހުން ވަނީ ބޮޑެތި ވައްކަމާއި ފޭރުމުގެ ހާދިސާތަކެއް ހިންގާފައެވެ. އެގޮތުން މި މަސްތެރޭގައި ދެ ފަހަރެއްގެ މަތިން މަގުމަތިން ވަނީ 4.3 މިލިއަން ރުފިޔާ ފޭރިގަނެފައެވެ. އޭގެ ތެރެއިން އެއް މައްސަލައާ ގުޅިގެން ދެ ކުއްޖަކު ފުލުހުންގެ ހައްޔަރުގައި ހުރި އިރު އަދި މިހާތަނަށް އޭގެން އެއްވެސް ފައިސާއެއް ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް