ސީރިއާގައި އައިއެސްގެ ބާރު މުޅިން ކަނޑުވާލެވިއްޖެ: އެމެރިކާ

ސީރިއާގައި އޮތް އައިއެސްގެ ބާރު ހިނގަމުން އައި އެންމެ ފަހު ސަރަހައްދު ކަމުގައިވާ ބާޣޫޒް -- ފޮޓޯ/ ރޮއިޓާސް

ސިރީއާގައި އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިއެސް)ގެ ބާރުގައި މުޅިން ކަނޑުވަލެއްވިއްޖެ ކަމަށް އެމެރިކާއިން އިއުލާން ކޮށްފިއެވެ.

އެމެރިކާގެ ޑިޕާޓުމެންޓް އޮފް ޑިފެންސްއާ ހަވާލައިދީ، ވައިޓްހައުސްގެ ތަރުޖަމާނު ސާރާ ސެންޑާސް މިއަދު ވިދާޅުވީ އައިއެސް ޖަމާއަތުގެ ބާރު ހިނގާ އެއްވެސް ސަރަހައްދެއް މިހާރު ސީރިއާގައި ނުހުންނާނެކަމަށާއި، ސީރިއާގައި އައިއެސް ބަލިކުރެވިއްޖެކަމަށެވެ.

"ހަނގުރާމަވެރި ސަރަހައްދީ ޚިލާފަތު ސީރިއާއިން މުޅިން ނައްތާލެވިއްޖެ،" ސެންޑާސް ވިދާޅުވިއެވެ.

އެ ޖަމާއަތް 100 ޕަސަންޓު ސީރިއާއިން މުޅިން ނައްތާލެވިއްޖެތޯ ސުވާލު ކުރުމުން ސެންޑާސް އާނއެކޭ ވިދާޅުވިކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.

https://sun.mv/117073

ސީރިއާގައި އައިއެސްގެ ބާރު ހިނގަމުން ދިޔަ އެންމެ ފަހު ސަރަހައްދަކީ ބާޣޫޒްއެވެ. އެ ސަރަހައްދުވެސް މިހާރު ވަނީ އައިއެސްގެ ކިބައިން ސަލާމަތްކޮށްފައެވެ.

ސީރިއާއިން އައިއެސްގެ ބާރު މުޅިން ކަނޑުވާލައިފިކަން ވައިޓްހައުސްއިން އިއުލާނުކުރި ނަމަވެސް، އެމެރިކާއިން ވާގިވެރިވާ "ސީރިއަން ޑިމޮކްރެޓިކް ފޯސެސް" (އެސްޑީއެފް) އެކަމާ ގުޅޭގޮތުން މިހާތަނަށް ވާހަކައެއް ނުދައްކައެވެ.

ވައިޓްހައުސްއިން އެ ޚަބަރު ހާމަކުރުމުގެ ކުރިން އެސްޑީއެފްއިން ބުނި ގޮތުގައި ބާޣޫޒުން އައިއެސްގެ ބާރު ނައްތާލެވުނު ނަމަވެސް އައިއެސްއަށް ނިސްބަތްވާ ހަނގުރާމަވެރި މަދު ބަޔަކު އަދިވެސް އެތަނުގައި އެބަ ތިބި ކަމަށެވެ.

އެސްޑީއެފްއިން ބާޣޫޒުގައި އައިއެސް ބަލިކޮށްލުމަށްޓަކައި ހަނގުރާމަކުރާތާ ހައްފްތާހެއްހާ ދުވަސް ވެއްޖެ އެވެ. އެސްޑީއެފް އިން އެންމެ ފަހުން ހަނގުރާމަކުރަމުން ދިޔައީ، ބާޣޫޒުގެ ދެކުނު އިރުމަތީ ސީރިއާގައި އިރާގުގެ ބޯޑަރުގައެވެ. އެ ސަރަހައްދަކީ، ހަނގުރާމަވެރި ހަތިޔާރު އެޅި މީހުން އެންމެ ފަހުން ވެރިކަން ކުރަމުން އައި ސަރަހައްދެވެ.

comment ކޮމެންޓް