ރޯމާ ދުވާލު ސައިކަލެއްގައި ރޯކޮށް ބޭނުން ނުކުރެވޭ ވަރު ކޮށްލައިފި

ހޯރަފުށީގައި މިއަދު ރޯކޮށް ބޭނުން ނުކުރެވޭ ވަރުކޮށްލި ސައިކަލް --- ފޮޓޯ: ފުލުހުން

ހއ. ހޯރަފުށީގައި މިއަދު މެންދުރު ސައިކަލެއްގައި ރޯ ކޮށް ބޭނުން ނުކުރެވޭވަރު ކޮށްލައިފި އެވެ.

އެ ހާދިސާ ހިންގާފައިވަނީ މިއަދު މެންދުރު 15:37 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހޯރަފުށީ ނީސްގެ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި މިއަދު މެންދުރު ރޯކޮށް ބޭނުން ނުކުރެވޭ ވަރުކޮށްލާފައިވާ ކަމަށެވެ. އަދި ސައިކަލް ރޯކޮށްލި ކަމުގެ ތުހުމަތުގައި 28 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ހޯރަފުށީގައި ސައިކަލެއްގައި ރޯކޮށްލާފައިވާއިރު ބުދަ ދުވަހުގެ ރޭ ވަނީ މާލޭގައި ހަތް ސައިކަލެއްގައި ރޯކޮށް ބޭނުން ނުކުރެވޭވަރު ކޮށްލާފަ އެވެ. ނަމަވެސް އެ މައްސަލާގައި އަދި މީހަކު ހައްޔަރު ކޮށްފަ އެއް ނުވެއެވެ.

comment ކޮމެންޓް