ފެނުގެ ދުވަހާ ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ފަށައިފި

މިއަދު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން އިންތިޒާމުކޮށްގެން ކުޑަކުދިންގެ ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ.

ފެން ކުންފުނިން ގެންދަނީ، ސަޕްލައި ފެނަކީ ބުއިމަށް އެކަށީގެންވާ ރައްކާތރި ފެނެއްކަން ޔަގީންކޮށްދިނުމުގެ ގޮތުން ޚާއްސަ ކަމެޕޤނެއް ފަށާފައެވެ.

ސަޕްލައި ފެނަކީ ބުއިމަށް އެކަށީގެންވާ ފެންކަން ކަށަވަރުކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ އަމާޒުތަކުގެ ތެރެގައި ހިމެނޭ ކަމެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ފެނުގެ މުހިންމުކަމާއި ފެން އިސްރާފުނުކުރުމަށް ބާރުއެޅުމުގެ އިތުރުން ސަޕްލައި ފެނަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި "އިސްކުރުން ފެން"ގެ ނަމުގައި އެ ކުންފުނިން ކެމްޕޭނެއް ކުރިއަށް ގެންދާ ކަމަށެވެ.

"އިސްކުރުން ފެން" ޝިއާރުގެ ދަށުން ސްކޫލު ކުދިންނަށް ފެނާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ފެން ކުންފުިން ކުރިއާށް ގެންދަން ވަނީ ނިންމާފައެވެ.

އަދި "ދަ ވޯޓާ ހީރޯޒް"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއްވެސް ފެން ކުންފުނިން ވަނީ ފަށާފައެވެ. ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ދަރިވަރުންނަށް ބަލައިގެން ހަ ކެޓަގަރީއަކަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އޭޕްރިލް 25 އާ ހަމައަށް އޮންނާނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކުޑަކުދިންނާއި ސްކޫލު ކުދިން ފެން ރައްކާތެރިކުރުމަށް ބާރުއެޅުމާއި ސާފު ރައްކާތެރި ފެން ބޭނުންކުރުމުގެ މުހިންމުކަން އަންގައިދިނުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތުގައި ކޮންމެ ކެޓަގަރީއަކުން ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މުބާރާތަށް ހާއްސަކުރެވިގެން ތައްޔާރުކޮށްފައިވާ ވެބްސައިޓުން އިތުރު މައުލޫމާތު ލިބޭނެކަމަށް އެކުންފުނިން ބުންޏެވެ.

https://sun.mv/116973

މިދިޔަ ހަފްތާގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވެސް ވަނީ، ރާއްޖޭގައި ފޯރުކޮށްދޭ ސަޕްލައި ފެނަކީ ބޯން ކަމުދާ ފެން ކަމަށާއި، އަދި މި ސަރަހައްދުގައިވެސް އެންމެ ރަނގަޅު ކޮލިީޓގެ ސަޕްލައި ފެން ކަމަށް ކަނޑައަޅާފައެވެ.

comment ކޮމެންޓް