އުރީދޫ ސުޕަނެޓުގެ ބިލު 12 މަހަށް ދެއްކުމުން ދެ މަސް ހިލޭ

އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ: އަވްޝަން އިލްޔާސް

އުރީދޫގެ ސުޕަނެޓު ބިލު 12 މަހަށް ދެއްކުމުން ދެ މަހުގެ އިންޓަނެޓު ހިލޭ ލިބޭ ހިދުމަތެއް ތައާރަފު ކޮށްފިއެވެ.

އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް ހުސެން ނިޔާޒު ވިދާޅުވީ "ސުޕަނެޓް ސޭވާ"ގެ ނަމުގައި ތައާރަފުކުރި މި ހިދުމަތް އުރީދޫ ޕޯޓަލް މެދުވެރިކޮށް ހޯދޭނެ ކަމަށެވެ.

"މި ހިދުމަތުގެ އެންމެ ފާހަގަކުރެވޭ ކަމަކީ އެއްމަސް ނިމޭއިރު ބާކީ ހުންނަ ޖީބީކޮޅު އަނެއް މަހަށް ޓްރާންސްފާ ވާނެ. އެ ޖީބީކޮޅު އެއް އަހަރު ހަމަވަންދެން ބޭނުން ކުރެވޭނެ. އަނެއްކާ ދެ މަހުގެ ބިލު ދައްކާކަށްވެސް ނުޖެހޭނެ،" ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޓާބޯ ބޫސްޓާގެ ނަމުގައިވެސް އުރީދޫ އިން ވަނީ އާ ހިދުމަތެއް ތައާރަފުކޮށްފައެވެ.

މި ހިދުމަތާ ގުޅޭގޮތުން އެކުންފުނީގެ ބްރޯޑްބޭންޑް އެކްޒެކެޓިވް ރާބިހު ސައީދު ވިދާޅުވީ ޓާބޯ ބޫސްޓާގެ ދެ ޕެކޭޖެއް ތައާރަފު ކުރެވިފައިވާ ނެ ކަމަށެވެ.

އޭގެ ތެރެއިން އެއް ހިދުމަތަކީ 95 ރުފިޔާ ހަރަދުކޮށްގެން 20އެމްބީޕީއެސްގެ އިންޓަނެޓް ސްޕީޑައި 10 ޖީބީގެ ވޮލިޔުމް ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖުގެ ވެލިޑިޓީ އަކީ 24 ގަޑިއިރެވެ.

ޓާބީ 50 އަކީ 50 އެމްބީޕީއެސް އިންޓަނެޓް ސްޕީޑާއެކު 50 ޖީބީގެ ޑޭޓާ ލިބޭނެ ޕެކޭޖެކެވެ. މި ޕެކޭޖުގެ ވެލިޓިޑީ އަކީ 48 ގަޑިއިރެވެ.

އުރީދޫ އިން ބުނީ ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް މިހާރު ސުޕަނެޓުގެ ހިދުމަތް ދެމުންދާ ކަމަށެވެ.

comment ކޮމެންޓް