ބިދޭސީއެއްގެ ފޯނު ފޭރިގަތް ކުޑަކުއްޖަކު ހައްޔަރުކޮށްފި

މާލެ. --ފޮޓޯ: ޓުވިޓާ

ފަރީދީ މަގުން ބިދޭސީއެއްގެ ފޯނު ފޭރިގަތް ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިރޭ 19:15 ހާއިރު ފަރީދީމަގު ފެންޓަސީ ސްޓޯރު ކައިރިން ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަތް 17 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާ ހައްޔަރުކުރީ އެލްސިއޯން ބޭކަރީ ކައިރިން ކަމަށާއި ކުއްޖާ ހައްޔަރުކޮށް ބަލާ ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖިންސުގެ ކަނާތްފަރާތު ޖީބުން ވާވޭ ބްރޭންޑުގެ ފޯނެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭ މަގުމަތީ ފޭރުން މިހާރު ވަނީ އާންމުވެފައެވެ. ހާއްސަކޮށް ބިރުދައްކައިގެން ބޮޑެތި އަދަދުތަކުން ފައިސާ ފޭރޭ މައްސަލަ މި ފަހަކަށް އައިސް ވަނީ ގިނަވެފައެވެ.

comment ކޮމެންޓް