ބަސް ކާޑު ރިލޯޑުކޮށްދޭނެ އެޖެންޓުން ހޯދަނީ

ގްރޭޓަރ މާލެ ބަސް ޓަރމިނަލް -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

އެމްޕީއެލްއިން ހުޅުމާލެއާއި މާލެ އަދި މާލެއާއި ހުޅުލެއާ ދެމެދު ދަތުރުކުރާ ބަހުގައި ބޭނުންކުރާ ޓަޗް ލިންކު ކާޑު ރީލޯޑުކޮށްދޭނެ އެޖެންޓުން ހޯދަން އިއުލާނު ކޮށްފިއެވެ.

އެމްޕީއެލްއިން ކުރި އިއުލާނެއްގައި ބުނީ ބަސްތަކުގައި ބޭނުންކުރަމުންދާ ޓަޗް ލިންކް ކާޑު ރީލޯޑް ކޮށްދޭނެ ތިން އެޖެންޓުން ބޭނުންވާ ކަމަށެވެ.

އެ ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 11:00 އަށް އެމްޕީއެލްއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ 28 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އިއުލާނުގައި ވެއެވެ.

ސިނަމާލެ ބްރިޖު މަތިން ކުރާ ބަސް ދަތުރުތައް ކުރުމަށް ބޭނުންވާ ކާޑު ރީޗާޖުކުރުމުގެ ހިދުމަތް ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ ފިހާރަތަކުން ލިބޭނެކަމަށް އެމްޕީއެލްއިން ވަނީ މީގެ ކުރިން ބުނެފައެވެ.

https://sun.mv/114226

އެމްޕީއެލްގެ "ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކު"ންދޭ ބަހުގެ ހިދުމަތަށް ޗާޖު ކުރަނީ 10 ރުފިޔާއެވެ. ބަހުން ދަތުރުކުރެވެނީ އެކަމަށް ހާއްސަ ކާޑެއް ބޭނުންކޮށްގެންނެވެ. ކާޑު ވިއްކުމާއި ކާޑު ރީޗާޖުކުރުމުގެ ހިދުމަތް މާލޭގައި ހުންނަ މައި ބަސް ސްޓޮޕުންނާއި ހުޅުމާލެ އެން1ގައި ހުންނަ މެއިން ބަސް ސްޓޮޕުންވެސް ލިބެއެވެ.

ބަސް ދަތުރުގެ ހިދުމަތް މިވަގުތު އެމްޕީއެލްއިން ދިންނަމަވެސް އެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ ނިންމައިފައެވެ. އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާއިރު ކުރީ ސަރުކާރުގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލު ކުރުމުން އެކުންފުނިން ބުނެފައިވަނީ އެ ހިދުމަތް ދިނުމަށް 100 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށެވެ.

comment ކޮމެންޓް