ފޭރުނު 2.3 މިލިއަން ރުފިޔާ ނުފެނޭ، ހަ މީހަކު ހައްޔަރުގައި

އެސްބީއައި ކައިރީގައި ބަޔަކު -- --- ސަންފޮޓޯ: މުހައްމަދު އަފްރާހް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި ހަ މީހަކު ހައްޔަރުގައި އެބަ ތިބި ކަމަށާއި އަދި ވެސް ފައިސާތައް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހަފްތާ އާދިއްތަ ދުވަހު ހެލްމެޓް އަޅައިގެން ތިބި ބަޔަކު ބީއެޗްއެމް ޓްރޭޑާސްގެ 2.3 މިލިއަން ރުފިޔާ ވަނީ ފޭރިގެންފަ އެވެ. އެ ފައިސާތައް ފޭރިގެންފައި ވަނީ، ސައިކަލްގައި އައި ހަތަރު މީހަކު ވޭންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެ މައްސަލާގައި މިހާތަނަށް ތިން މީހަކާއި 18 އަހަރުން ދަށުގެ ތިން ކުޑަކުދިން ހައްޔަރުގައި އެބަ ތިބި ކަމަށެވެ. އޭނާ ވިދާޅުވީ ފޭރުނު ފައިސާ އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. މައްސަލަ އަދި ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިދިޔަ އަފުތާގެ އަންގާރަ ދުވަހު "ސަން" ވިދާޅުވީ، އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކުރި 18 އަހަރުން ދަށުގެ ދެ ކުދިންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ އިޒްމިއާ އޭރު ވިދާޅުވި އެވެ.

https://sun.mv/116641

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު