ވަޓްސްއެޕްގެ ކޯ ފައުންޑަރު އެދެނީ ހުރިހާ އެންމެންގެ ފޭސްބުކް ޑިލީޓު ކުރަން

ވަޓްސްއެޕްގެ ކޯ ފައުންޑަރު ބްރަޔަން އެކްޝަން--

މެސެޖިން އެޕްލިކޭޝަން "ވަޓްސް އެޕް" މިހާރު ފޭސްބުކުން ހިންގި ނަމަވެސް އެ ޕްލެޓްފޯމަކީ މީގެ ކުރިން ވަކި ކުންފުންޏެއްގެ ގޮތުގައި އެހެން ބަޔަކު ހިންގި ޕްލެޓްފޯމެކެވެ. ވަޓްސްއެޕްގެ ހިއްސާދާރުން ފޭސްބުކަށް އެ ޕްލެޓްފޯމު ވިއްކާލީ އެވެ.

ފޭސްބުކަށް ވަޓްސްއެޕް ވިއްކާލުމާ ގުޅޭ ގޮތުން ވަޓްސްއެޕްގެ ކޯ ފައުންޑަރު ބްރަޔަން އެކްޝަން ސްޓެންޑް ފޯޑް ޔުނިވާސިޓީގެ ދަރިވަރުންނާ ވަނީ ވާހަކަ ދައްކައިފަ އެވެ. ކޮމްޕިޔުޓަރުގެ އިލްމުން އަންޑަގްރެޖުއޭޓް ތައުލީމު ހާސިލުކުރާ ކުދިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ ފޭސްބުކަކީ މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރާ ތަނެއް ކަމަށެވެ.

ވަޓްސްއެޕް ފޭސްބުކަށް ވިއްކާލުމަށް ފަހު ވެސް 2017 އާ ހަމައަށް ފޭސްބުކްގައި މަސައްކަތްކުރި ބްރަޔަން ބުނީ ފޭސްބުކް އިން އެމީހުންގެ ޕްލެޓްފޯމު މޮނީޓާ ކުރާގޮތް ކަމުނުދާ ކަމަށެވެ. އޭނާ ކުންފުނިން ވަކިވީ ވެސް އެ ސަބަބުތަކާހުރެ ކަމަށް ބުންޏެވެ.

ބްރަޔަން އާ އެކު ފޭސްބުކްގައި މަސައްކަތް ކުރި އިތުރު އެހެން މުވައްޒަފަކު ވެސް މި ސެޝަންގައި ބައިވެރިވި އެވެ.

އެޕަލް އަދި ގޫގުލްއަށް ވެސް އެމީހުންގެ ކޮންޓެންޓް މޮޑަރޭޓް ނުކުރެވޭ ކަމަށާއި މި ކުންފުނިތައް ބާރުވެރިކުރުވަނީ ޔޫޒަރުން ކަމަށް ބްރަޔަން ބުންޏެވެ.

"މިއީ ފޭސްބުކް އެކައުންޓް ޑިލީޓްކުރަންވީ ވަގުތު،" މީގެ ކުރިން ކޭބްރިޖް އެނެލެޓިކާ ޑޭޓާ ސްކޭންޑަލް އާ ގުޅިގެން ފޭސްބުކް ޑިލީޓް ކުރަން ގޮވާލި ބްރަޔަން ބުންޏެވެ.

comment ކޮމެންޓް