ޑިޕްލޮމެޓިކް މިޝަންތަކާ އެމްބަސީތައް ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެގޮތަށް ހަދަން ނިންމީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޑިޕްލޮމެޓިކް މިޝަންތައް ހުންނަނީ އެއް ސަރަހައްދެއްގައި ކަމަށްވެފައި އެގޮތަށް ރާއްޖެއިންވެސް ވަކި ސަރަހައްދެއް ހެދުމުގެ ގޮތުންނެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިރު، އެ ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާއެގެ އާ އެމްބަސީ ހެދުމަށް ހުޅުމާލެއިން ބިމެއް ދޭން ނިންމައިފައެވެ.
އާ އެމްބަސީއެއް ހެދުމަށް މީގެ ކުރިން އިންޑިއާއިން މާލޭގެ ސޯސަން މަގުން ވަނީި ބިމެއް ދީފައެވެ. ނަމަވެސް އެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާ ކަަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާގެ އިތުރުން ރާއްޖޭގައި ރެޒިޑެންޓް ޑިޕްލޮމެޓިކް މިޝަންތައް ހިންގަނީ ސްރީލަންކާ، ޕާކިސްތާން، ބަންގްލަދޭޝް، ސައުދީ އަރަބިއްޔާ، ޗައިނާ އަދި ޖަޕާނުންނެވެ.
އަދި އިނގިރޭސިވިލާތުންވެސް ދާދި ފަހުން ވަނީ ރާއްޖޭގައި އެމްބަސީއެއް ހެދުމާމެދު ޝައުގުވެރިކަން ފާޅުކޮށްފައެވެ.