ތިނަދޫ އުތުރު އެމްޑީޕީ ކެންޑިޑޭޓު މުޣުނީއަށް ކުރި ތާއީދު އެޕާޓީން އަނބުރާ ގެންގޮސްފި

އެމްޑީޕީގެ ތިނަދޫ އުތުރު ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދެވި ކެންޑިޑޭޓު އަބްދުލް މުޣުނީއަށް އެ ޕާޓީއިން ކުރި ތާއީދު އަނބުރާ ގެންގޮސްފި އެވެ.

މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ.

މުޣުނީއަށް ކުރި ތާއީދު އެމްޑީޕީއިން އަނބުރާ ގެންދިޔަކަން މިއަދު އެ ޕާޓީއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފު ވަނީ ހާމަ ކުރައްވައިފައެވެ.

އެމްޑީޕީގެ ނިންމުމާ އެކު މުޣުނީގެ ކެމްޕެއިނުގައި އެމްޑީޕީގެ އެއްވެސް އޮފިޝަލަކު ރަސްމީ އެހީތެރިކަން ފޯރުކޮށް ނުދޭނެއެވެ.

މުޣުނީގެ މައްޗަށް ކުރެވޭ ތުހުމަތުތައް މީސް މީޑިއާގައި ދާދި ފަހުން ވަނީ ތިލަވެފަ އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އިރު އޭނާއަށް ތާއީދު ނުކުރުމަށް ވެސް ބައެއް ފަރާތްތަކުން ގޮވާލި އެވެ.

މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންދިޔުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެމްޑީޕީގެ ނިންމުމަށް ތައުރީފުކުރައްވައިފަ އެވެ.

comment ކޮމެންޓް