ޒުވާން ހިތް ދިގު އުމުރަކަށް މަގުފަހިކޮށްދޭ!

ފޮޓޯ: ގާރބް ފެސްޓް

ފަހަރެއްގައި ހިތް ޒުވާން މީހެކޭ ބުނެލުމުން އަހަރެމެންގެ ތެރޭގައި އެމީހަކީ އެހާ ކަމުދާ މީހެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، އެމީހެއްގެ އުމުރަށްވުރެ ޒުވާންކޮށް އުޅޭ އަދި އެގޮތަށް ދެކޭ މީހުން އެނޫން މީހުންނާއި އަޅާބަލާއިރު ދިގުއުމުރެއް އުޅެން މަގުފަހިވެއެވެ.

މި ދިރާސާއަކީ ދަ ޖާރނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަން (ޖެމާ) ކުރި ދިރާސާއެކެވެ. މި ދިރާސާގައި ބައިވެރިކޮށްފައިވަނީ އެވްރެޖްކޮށް 65.8 އުމުރުގެ 6489 މީހުންނެވެ. މި މީހުންނަކީ ސިއްޚީގޮތުންނާއި އަދި އެހެނިހެން ކަންކަމުން ދާދި އެއްގޮތް މީހުންނެވެ.

މި ދިރާސާގެ އެންމެ ޝައުގުވެރިކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ގިނަ މީހުންނަށް އެމީހުންގެ އަސްލު އުމުރު އިހްސާސްނުވާކަމެވެ. މިގޮތުން ގިނަބަޔަކު ބުނެފައިވަނީ އެމީހުންނަށް ހީވަނީ އަސްލު އުމުރަށްވުރެ ތިންވަރަކަށް އަހަރު ޒުވާންކަމަށެވެ. އަދި ގާތްގަނޑަކަށް 4.8 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންގެ އަސްލު އުމުރަށްވުރެ އަހަރެއް ވަރު ދޮށީ ކަމަށެވެ.

ގާތްގަނޑަކަށް އަށް ވަރަކަށް އަހަރު މި ދިރާސާ ހެދުމަށް ހޭދަވިއިރު ނަތީޖާތައް ދައްކާގޮތުން އެމީހެއްގެ އުމުރަށްވުރެ ޒުވާންކަމަށް ދެކުނު މީހުންގެ ތެރެއިން މަރުވީ ގާތްގަނޑަކަށް އެންމެ 14 އިންސައްތަ މީހުންނެވެ. އަދި އެމީހެއްގެ އުމުރަށްވުރެ އުމުރުން ދޮށި ކަމަށް ދެކުނު މީހުންގެ ތެރެއިން 24 އިންސައްތަ މީހުން ވަނީ މަރުވެފައެވެ. އަދި އެމީހެއްގެ އުމުރާއި އެއްވަރަށް ދެކުނު މީހުންގެ ތެރެއިން މަރުވެފައިވަނީ 18 އިންސައްތަ މީހުންނެވެ.

އުފާވެރި ދިރިއުޅުމެއް ކޮންމެ މީހަކަށްވެސް މުހިންމު!

މި ދިރާސާއިން އެނގި ހާމަވި އެންމެ މުހިންމު ކަމަކީ ކޮންމެ މީހަކަށްވެސް އުފާވެރި ދިރިއުޅުމެއް މުހިންމުކަމެވެ.

މިގޮތުން ދިރާސާގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މިފަދައިން ނަތީޖާތައް ނުކުތް އެއް ސަބަބަކީ އެމީހެއްގެ ލައިފްސްޓައިލް އެވެ. އެކަށީގެންވާ ބަރުދަނެއްގައި ހުރުމާއި، ސިއްޚީ ލަފާތަކާއި އެއްގޮތަށް އަމަލުކުރުން މީގެ ތެރޭގައި ހިމެނެއެވެ.

އެމޯރީ ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން ގެ އެސިސްޓަންޓް ޕްރޮފެސަރެއް ކަމުގައިވާ ޑރ.ޝެރޮންވެސް ވަނީ މި ދިރާސާއަށް ތާއީދުކޮށްފައެވެ. ހެލްތީ އޭޖިން އިން ސްޕެޝަލައިޒްވެފައިވާ ޑރ.ޝެރޮން ބުނެފައިވަނީ އެމީހެއްގެ ދިރިއުޅުމުގެ ޕާސަނަލިޓީ ނުވަތަ ވައްޓަފާޅިން މިފަދަ ކަންކަމަށް އަސަރުކުރާނެ ކަމީ ޝަައްކެއް އޮތްކަމެއް ނޫންކަމަށެވެ.

އެހެންކަމުން ހިތް ޒުވާންވުމަކީ މާ ބޮޑު މައްސަލައެއް ނޫންތާއެވެ.

comment ކޮމެންޓް