އެއްވެސް ރަހުމެއް ނެތް، ހީވީ ވީޑިއޯ ގޭމެއްގައި ބަޑި ޖަހައި މަރާހެން!

ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ދިން ހަމަލާގެ ލައިވް ފޫޓޭޖުގެ މަންޒަރެއްގައި ބަޑި ޖަހަމުން މިސްކިތުގެ ތެރެއަށް ވަންނަނީ---

ނިއުޒީލެންޑްގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ހުކުރަށް ގޮސް ތިއްބައި ބަޑި ޖަހާ އެތަކެއް ބަޔަކު މަރާލި އަނިޔާވެރި ޓެރަރިސްޓް ހަމާލާގެ ވީޑިއޯތައް މިހާރު މީސް މީޑީއާގައި ވަނީ އާންމުވެފައެވެ.

އެ ހަމަލާ ދީފައިވަނީ ކްރައިސްޓްޗާޗުގައި ދެ މިސްކިތެއް ކަމަށްވާ ލިން ވުޑް މަސްޖިދު އަދި އަލް ނޫރު މަސްޖިދުގައެވެ.

އެ ވީޑީއޯއިން ފެންނަގޮތުގައި ހަމަލާ ދޭ މީހާ އެންމެ ފުރަތަމަ މިސްކިތުގެ ގޯތި ތެެރެއަށް ވަދެ މިސްކިތުގެ އެތެރެއަށް ވަނުމުގެ ކުރިން ވަރުގަދަ ބަޑިއަކުން ބަޑި ޖަހަން ފަށައެވެ.

ނަމާދަށް ތިއްބައި ހަމަލާ ދިން އެކަކު ލައިވް ފުޓޭޖެއްގެ ތެރެއިން---

އެ ހަމަލާ ފުރަތަމަވެސް އަމާޒުވީ މިސްކިތުގެ ދޮރުކައިރީގައި ހުންނަ ފިރިހެނަކަށެވެ. ހަމަލާ ދިނުމާއެކު އޭނާ ވެއްޓެއެވެ.

އެ މިސްކިތް ހުންނަ އިމާރާތް ބައި ބަޔަށް ވަކި ކޮށްފައި ހުންނައިރު ދެން ފެނިގެން ދަނީ ބަޑި ހިފައިގެން ހުރި މީހާ އެކި ކޮރިޑޯތަކަށް ދުވެ ބަޑި ޖަހާ މަންޒަރެވެެ. އޭރުވެސް މިސްކިތުގައި އިމާމު މީހާގެ އަޑު އިވެއެވެ.

އެވަގުތު މިސްކިތްތެރޭގައި ތިބި މީހުން ބިރުން މިސްކިތުގެ އެކި ދިމަދިމާއަށް ދުވެ ނަގަނީއެވެ. އަދި އެތަނުގައި މީހަކު ސަލާމަތްވާންވެގެން ބަޑިޖަހާ މީހާއާ ވަރަށް ކައިރިން ދާ މަންޒަރުވެސް ވަރަށް ރީއްޗަށް ފެނެއެވެ. އޭނާވެސް އެންމެ ފަހުން ބަޑީގެ ހަމަލާގެ ޝިކާރައަކަށް ވެއެވެ.

ކްރައިސްޓް ޗާޗުގައި ދިން ހަމަލާއަށް ފަހު މުސްލިމުންތަކެއް---

އޭރު މިސްކިތުގައި އެތަކެއް ބަޔަކު ވެއްޓިފައި ތިބިއިރު، އެ މީހުންގެ ގަޔަށްވެސް ދިޔައީ ބަޑި ޖަހަމުންނެވެ. ބެލެވޭ ގޮތުގައި މިއީ މަރު ނުވެ މީހަކު އޮވެދާނެތީ، މަރުވިކަން ޔަގީންކުރުމަށް ކުރި ކަމެކެެވެ.

މިސްކިތް ތެރޭގައި ހަމަލާ ދިނުމަށްފަހު ދެން މިސްކިތުން ނިކުމެގެންދާއިރު، އެ މިސްކިތަށް ވަންނަން އައި އަންހެނަކަށް ހަމަލާދޭތަންވެސް ފެނެއެވެ. އޭނާއަށް ބަޑީގެ ހަމަލާ އަމާޒުވުމާއެކު އޭނާ ބިންމައްޗަށް ވެއްޓެއެވެ. އޭރުވެސް އެ އަންހެން މީހާ "ހެލްޕް މީ، ހެލްޕް މީ" އޭ ކިޔާ އެހީއަށް އެދި ދިޔައީ ގޮވަމުންނެވެ. ނަމަވެސް އެއްވެސް ރަހުމެއް ނެތި އެ އަންހެން މީހާގެ ބޮލަށް ހަމަލާދީ މަރާލާތަންވެސް ފެނިގެންދެއެވެ.

އެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 49 އަކަށް އަރައިފައެވެ.

އެ ހަމަލާގައި ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.

comment ކޮމެންޓް