ހުކުރު ނަމާދުގައި ތިއްބައި، ބަޑި ޖަހާ މަރާލި ހާދިސާ ފޭސްބުކުން ލައިވްވެސް ކުރި

ނަމާދަށް ތިއްބައި ހަމަލާ ދިން އެކަކު ލައިވް ފުޓޭޖެއްގެ ތެރެއިން---

ނިއުޒީލެންޑްގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ހުކުރަށް ގޮސް ތިއްބައި ބަޑި ޖަހާ އެތަކެއް ބަޔަކު މަރާލި ހާދިސާ ފޭސްބުކުން ލައިވް ކުރިކަން ހާމަވެއްޖެއެވެ.

އެ ހާދިސާގައި ހަމަލާދިން އެކަކު ވަނީ ފޭސްބުކުން ލައިވްސްޓްރީމްކޮށް އިންސްޓްގްރާމްއަށްވެސް އެ ވީޑިއޯ ލައިފައެވެ.

އެ ހަމަލާ ދީފައިވަނީ ކްރައިސްޓް ޗާޗުގައި ދެ މިސްކިތެއް ކަމަށްވާ ލިން ވުޑް މަސްޖިދު އަދި އަލް ނޫރު މަސްޖިދުގައެވެ.

ފޭސްބުކުން ބުނީ އެ ވީޑިއޯ މިހާރު އެ ސައިޓުން ނަގައިފައިވާ ކަމަށެވެ.

ހަމަލާ ދިން މީހުން ދުއްވި ވެހިކަލެއް ---

" އަޅުގަނޑުމެންނަށް އެނގޭ އެ އަނިޔާވެރި ހިތާމަވެރި ހާދިސާގެ ވީޑީއޯ މީސް މީޑިއާގައި އުޅޭކަން. އަޅުގަނޑުމެން މި އިލްތިމާސް ކުރަނީ އެ ވީޑިއޯތައް ޝެއާ ނުކުރަން." ނިއުޒީލެންޑްގެ ފުލުހުން ނެރުނު ބަޔަނުގައި ބުންޏެވެ.

އެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 49 އަކަށް އަރައިފައެވެ.

އެ ހަމަލާ ދިން މީހުން ވަނީ މުސްލިމުންނަށް އެޑްރެސްކޮށް އެ ހާދިސާ ހިނގި ސަރަހައްދަށް ލިޔުންތަކެއްވެސް އަޅައިފައެވެ. އެގޮތުން އެ ލިޔުންތަކުގައި މުސްލިމުންނަކީ "އިންވޭޑާސް" ނުވަތަ އެގައުމަށް ގަދަކަމުން އަރައިގަނެގެން އުޅޭ ބައެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ހަމަލާ ދިން މިސްކިތްތަައް ހުންނަ ސަރަހައްދު--

ފަހަކަށް އައިސް މުސްލިމުން، ހާއްސަކޮށް ހަނގުރާމަތައް ހިނގަމުންދާ ގައުމުތައް ކަމަށްވާ ސީރިއާ ، އަފްގާނިސްތާން ފަދަ ގައުމުތަކުން ހުޅަނގުގެ ގައުމުތަކަށް ހިޖުރަކުރަމުންދާލެއް އިންތިހާއަށް އިތުރުވަމުންދާތީ، އެގަމުތަކުގެ މީހުން މުސްލިމުންނާމެދެ ނުތަނަވަސްކަމުގެ ނަޒަރަކުން ދަނީ ބަލަމުންނެވެ.

ނިއުޒީލެންޑްގެ ފުލުހުން މިހާރު ވަނީ ކްރައިސްޓް ޗާޗުގެ ބޮޑު ބައެއް ބަންދުވެސް ކޮށްފައެވެ. އަދި މިހާރު ހާލަތު ހުރި ގޮތުން މިސްކިތްތަކަށް މުސްލިމުން ނުދިއުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ހަމަލާގައި ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.

comment ކޮމެންޓް