މިސްކިތްތަކަށް ދިން ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވޭ: ފޮރިން މިނިސްޓަރު

ހަމަލާ ދިން މިސްކިތް ކައިރިން އަނިޔާވި މީހަކު ގެންދަނީ ---

ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ނިއު ޒީލެންޑްގެ ސިޓީއެއް ކަމަށްވާ ކްރައިސްޓް ޗާޗުގައި ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާ ނުވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ނިއު ޒިލޭންޑުގެ ކްރިސްޓް ޗާޗުގައި ހުކުރު ވަގުތު ދެ މިސްކިތަކަށް ދިން މި ހަމަލާގައި މިހާތަނަށް 49 މީހަކު މަރުވެ، 20 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާ ލިބިފައެވެ.

އެ ހަމަލާ އާ ގުޅިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. މި ހަމަލާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އައިލާތަކަށް ޝާހިދު ތައުޒިޔާ ދެންނެވި އެވެ.

މި ހަމަލާ ކުއްވެރިކޮށް ފޮރިން މިނިސްޓަރު ޝާހިދާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ޓްވީޓް ކުރައްވާފައެވެ.

ހަމަލާ ކުއްވެރިކޮށް ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަމަލާގައި ޝީކާރަކައަކަށްވި ފަރާތްތަކަށް ހެޔޮ ދުއާ ކުރާ ކަމަށާއި ތަހުޒީބު ވެފައިވާ މުޖްތަމައުއެއްގައި ޓެރަރިޒަމްއަށް އެެއްވެސް ޖާގައެއް ނެތް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ޖެސިންޑާ އާޑާން، ނޫސްވެރިނާ ބައްދަލުކޮށް ވިދާޅުވީ، މިއީ ދުރާލާ ރާވައިގެން ދިން "ޓެރަރިސްޓް ހަމަލާ" އެއް ކަމަށެވެ.

މިއަދަކީ އަދި މިއަދު ވެގެން ދަނީ މިގައުމުގެ ތާރީހުގައިވެސް އެންމެ ކަޅު އަދިރި އެއް ދުވަހަށް،" ކަންބޮޑުވެ ހުންނަވާ ނޫސްވެރިންނާ ބައްދަލުކޮށް ބޮޑު ވަޒީރު ޖެސިންޑާ ވިދާޅުވިއެވެ.

https://sun.mv/116787

comment ކޮމެންޓް