އެމްޓީސީސީ އިންވެސް ވިހެެއުމުން ދޭ ޗުއްޓީ އިތުރުކޮށްފި

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މުވައްޒަފުން ވިހެއުމުންދޭ ޗުއްޓީ އެމްޓީސީސީ އިންވެސް އިތުރުކޮށްފިއެވެ.

އެކުންފުނީގެ ސީއީއޯ ހަސަން ޝާހު އިއްޔެ ވިދާޅުވީ ސަރުކާރުގެ ވައުދާ އެއްގޮތަށް އެމްޓީސީސީގެ އަންހެން މުވައްޒަފުން ވިހެއުމުން ހަ މަހުގެ މެޓާނިޓީ ލީވް އަދި ފިރިހެން މުވައްޒަފުންނަށް ޕެޓާނިޓީ ލީވްގެ ގޮތުގައި އެއް މަސް ދޭން ނިންމާފައިވާ ކަމަށެވެ.

ވިހެއުމާއި ގުޅިގެން އަންހެނުންނަށް ހަ މަހުގެ މެޓާނިޓީ ލީވް، އަދި ކުއްޖާގެ ބައްޕަ އަށް އެއް މަހުގެ ޕެޓާިޓީ ލީވް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެ ވައުދާ އެއްގޮތަށް ޗުއްޓީ ދޭން ނިންމިކަން ރައީސް އިއުލާނުކުރެއްވީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ މާފުށީގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

އެމްޓީސީސީގެ އިތުރުން އެސްޓީއޯ، މޯލްޑިވް ގޭސް، ސްޓެލްކޯ، އެމްޕީއެލް، އެމްއޭސީއެލް، އެލައިޑް، ގްރޭޓާ މާލެ ކުންފުންޏާއި ރައްޔިތުންގެ މަޖިލިސް، އެލްޖީއޭ ފަދަ އިދާރާތަކުންވެސް ވަނީ ވިހެއުމާ ގުޅިގެންދޭ ޗުއްޓީ އިތުރުކޮށްފައެވެ.

comment ކޮމެންޓް