ވާވޭއިން އެމީހުންގެ އަމިއްލަ އޯއެސްއެއް ޑިވެލޮޕްކޮށްފި

ވާވޭ ނޯވާ4 --

ވާވޭ އިން އެކުންފުނީގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް (އޯއެސް) އެއް ޑިވެލޮޕްކޮށްފިއެވެ.

މިއީ ޗައިނާގެ ވާވޭއާ ދެކޮޅަށް އެމެރިކާ އާއި އެގައުމަށް ވާގިއެދޭ އެހެން ގައުމުތަކުން އަޅަން ފަށާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން "ރިސްކެއް" ނަގަންޖެހިދާނެ ކަމަށް ކުރި ކަމެކެވެ.

އެމެރިކާގެ ކުންފުނިތަކުން ހިންގާ ވިންޑޯސް އާއި އެންޑްރޮއިޑް އޯއެސް ވާވޭ ފޯނުތަކަށް ބޭނުން ކުރުމުގެ ހުއްދަ އަތުލައިފާނެ ކަމުގެ ބިރު އެކުންފުންޏަށް އެބައޮތެވެ.

"އަހަރެމެންގެ އަމިއްލަ އޯއެސްއެއް މިހާރު އެބައޮތް. ވިންޑޯސް އާއި އެންޑްރޮއިޑް ބޭނުންކުރުން ހުއްޓާލަން ޖެހިއްޖެ ހާލަތެއް އައިސްފިނަމަ މިހާރު އަހަރެމެން އަތުގައި ޕްލޭން ބީ އެއް އެބައޮތް،" ވާވޭގެ އެގްޒެކެޓިވް ރިޗާޑް ޔޫ ބުނެފައިވެއެވެ.

ވާވޭ އިން އެމީހުންގެ އަމިއްލަ އޯއެސްއެއް ޑިވެލޮޕްކުރަން ފެށީ 2012 ވަނަ އަަހަރުއެވެ. އެއީ އެމެރިކާއިން ވާވޭ އާއި ޗައިނާގެ ޒީޓީޢީ އާ ދެކޮޅަށް މައްސަލައް ބަލަން ފެށިތާ ކުރީކޮޅުގަ އެވެ.

ވާވޭއިން އެމީހުންގެ އަމިއްލަ އޯއެސްގެ ވާހަކަ އިއުލާނު ކުރީ އެމެރިކާއިން ވާވޭއާ ދެކޮޅަށް ކޯޓަށް މައްސަލަ ލާފައިވަނިކޮށެވެ. އެމެރިކާ އިން ބުނަނީ ވާވޭ އަކީ ޗައިނާ ސަރުކާރަށް ޖާސޫސުކޮށްދޭ ބަޔެއް ކަމަށެވެ.

އެމެރިކާ އާއި ވާވޭއާ ދެމެދު މަސްރަހު ގޯސްވެއްޖެނަމަ ގޫގުލްގެ އެންޑްރޮއިޑާއި މައިކްރޯސޮފްޓް ދޫކޮށް ވާވޭގެ އަމިއްލަ އޯއެސް އަށް ހުރިހާ ފޯނެއް ބަދަލުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް