ފައިދާ ނުވާތީ އެސްޓިއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލަނީ

އެސްޓިއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެމްޑީ އަމްރު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ: އަވްޝަން އިލްޔާސް

ފައިދާ ނުވާކަމަށް ބުނެ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުައްޓާލަން އެ ކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯގެ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސިންގަޕޫރޫ) ވަގުތީ ގޮތުން ހުއްޓާލުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފައިވާ ކަމަށެވެ.

އަދި އެ ކުންފުނީގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ކުރިއަށްދާކަމަށް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އަދި އޭގެ އިތުރުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ނެޝެނަލް އޮއިލް ކޮމްޕެނީއާއި އެސްޓީއޯ ހޮޓެލްސް އެންޑް ރިސޯސާސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް ނިންމައިފައިވާ ކަަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ އެ ނިންމުންތައް ނިންމަން ޖެހުނީ ސަބްސިޑަރީ ކުންފުނިތަކުގެ ޕާފޯމަންސްއާ ބެހޭގޮތުން ހެދި ދިރާސާތަކަށް ފަހު އެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓާ އެއްވަރުގެ ފައިދާއެއް ލިބޭނެކަމަށް ނުފެންނާތީކަމަށެވެ.

ފައިދާ ނުވާކަމަށް ބުނެ ސަބްސިޑަރީ ކުންފުނިތަަކެއް ހުއްޓާލަން ނިންމިއިރު، މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ދިމާވެފައި އޮތް މިފްކޯ، 2016 ވަނަ އަހަރު ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުވެސްކޮށްފައެވެ.

އެސްޓީއޯ އާއި އެސްޓީއޯ ސަބްސިޑަރީ ކުންފުނިތަކަކީ އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިިދުމަތްތައް ލުއި ފަސޭހަކޮށް އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ކުންފުނިތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް