ސަޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސަޓާ ގެ "ސަޓާ ގާލާ އެންޑް އެވޯޑްސް" ހަފްލާ އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖުން -- ފޮޓޯ/ ޑިޖިޓަލް ސްޓޫޑިއޯ

ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ ސަޓާ އެވޯޑްގެ ފިނާލޭ މިއަހަރު ބާއްވަން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރުމަހު ސްރީލަންކާގައެވެ.

ސަޓާ އެވޯޓު ދޭނީ 10 ސެގްމެންޓަކުންނެވެ. އެ 10 ސެގްމެންޓުން 37 ކެޓަގަރީއަކަށް އެވޯޑު ދޭނެއެވެ. ސަޓާގެ ނޮމިނޭޝަންއަށް 30 އޭޕްރީލް އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ސަޓާ އެވޯޑު އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ މި އެވޯޑަކީ ސައުތު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ޖަމްއިއްޔާތަކުން ވެސް އެންޑޯޒްކޮށްފައިވާ އެވޯޑެކެވެ.

comment ކޮމެންޓް