ފަސްޓް ލޭޑީ (36)

ފަތިސް ނަމާދަށްފަހު ކޮފީއެއް ގިރާލައިގެން އޭނަ ބެލްކަންޏަށް ނުކުމެލިއެވެ. ވާރެއިން ތެމިފައިވާ އެތައް ސަތޭކަ ފިނިފެންމާތަކަށް ޝަބްނަމްގެ ތިކިތަކުން ވިދާތަން ފެނިފައި އެ މަންޒަރު ހިތްގައިމުކަމާއިއެކުވެސް ކުޅަދުންވަންތަކަން ހިތަށް އެރިއެވެ. ކޮންމެވެސް ވަރަކަށް ފުސްކޮށް މާހައުލު ފެންނާތީ ބޭރަށް ނިކުންނަ ހިތް ނުވެފައި ހުއްޓާ ކާރެއް މަޑުކޮށްލިތަން ފެނުނެވެ. އަމްރާން އައީބާވައެވެ.

ކާރުން އަމްރާންއާއި އެކީ ފޭބި މެހުމާން ފެނުމުން ހަޔާތީގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ. އަމްރާންއަށްވުރެ ތަންކޮޅެއް ކުރުވިޔަސް ހިމަތޮޅި ދޮން އަންހެނެއްކަން ދުރުން ބަލާލާފައިވެސް އެނގުނެވެ. ޖިންސަކާއިއެކު އަތްދިގު ޓީޝާޓެއްލާފައިހުރިއިރު އިސްތަށިގަނޑު އޮތީ މައްޗަށް ނަގާ އައްސާފައެވެ. ހިތަށް ވީ އުދަގުލެއްގެ ބޮޑުކަމުން އަވަހަށް އަނެއް ފަރާތަށް އެނބުރިފައިވެސް ފިލާ ވަރަށްވުރެ އޭނަ ހިތްވަރުގަދައެވެ. ތިރިއަށް ގޮސް ދޮރު އަޑާއަށް ހުޅުވައިލެވުނީ އެ އަންހެނަކީ ކާކުކަން އޮޅުން ފިލުވަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކައިރިއަށް އައުމުން އަމްރާންގެ ދައްތައެއް ކަމުގައި ހީކުރެވުނެވެ. އަމްރާންއަށްވުރެ ތަންކޮޅެއް ދޮށިކަމަށް މޫނުމަތިން ދައްކައެވެ.

"ސްވީޓްހާޓް. ހޫޒް ދިސް ގާލް..."

"މައި ވައިފް ހަޔާތީ....." އަމްރާން ފަރުވާކުޑަގޮތަކަށް ބުނެލިއެވެ. "ސްވީޓްހާޓް" ކިޔުމުން ހަޔާތީގެ މޭގައި ޖެހި އެތިފަހަރެއްހެން ވުމާއެކު އަނގަޔަށް ގޮތެއް ހަދައިލެވިއްޖެއެވެ. ތުންފަތްމަތީގައި ވި ހިނިތުން ފިލާ ރުޅިން އެތެރެހަށި އަންދާން ފެށިއެވެ. މިއީ އަމްރާންގެ ލޯބިވެރިޔަކީހެއްޔެވެ. ޝަކުވާގެ ނަޒަރަކުން އަމްރާންއަށް ބަލައިލުމުން އަމްރާން އެއްމިޔަކަނުން ހީލިއެވެ.

"މީޓް މައި މަމް......." އަމްރާންގެ ޖުމްލައާއިއެކު އަލްޔާނާ ކުރިއަށް ޖެހިލާފައި ހަޔާތީގެ ގައިގާ ބާރަކަށް ބައްދައިލީ ނިކަން ގާތްގޮތަކަށެވެ.

"ޔޫ ލުކް ސޯ ބިއުޓިފުލް ލައިކް އެ ޕްރިންސެސް. ނޯ އަދާ ވުޑްބީ އެ މެޗް ފޯ މައި ހެންޑްސަމް ސަން. ވަރަށް ލޯޔަލް ވާނެހެން ހީވޭ. މަންމަ ވަރަށް އުފާވެއްޖެ ރެން މިފަދަ އަންހެންކުއްޖެއް ހޯދީމަ. ތެދުވެރި ވަފާތެރި އަންހެންކުއްޖަކަށް ހަޔާތުގެ ހުންގާނު ހަވާލު ކުރަން ޖެހޭނީ ނޫނީ ހުރިހާ ކަމެއް ބޮއްސުންލާފާނެ..................." އަލްޔާނާ ހަޔާތީގެ މޫނަށް ބަލައިލީ ތައުރީފުގެ ނަޒަރަކުންނެވެ. ހަޔާތީ ލަދުން މަރުވާވަރުވުމާއެކު މޫނު އަނދަންފެށިއެވެ. ހުރިހާ ލޭތައް މޫނަށް ޖަމާވި ވަގުތެކެވެ. މޫނަށް ރަތްވެގެން ދިޔައިރު އަމްރާންއަށް ބަލަން ހުރެވުނެވެ.

"ލުކް. ޝީޒް ބްލަޝިން ހައު ޕްރިޓީ..."

ހަޔާތީ ހީލުމަށްފަހު ޝުކުރު އަދާކުރީ އަމްރާންގެ ނަޒަރު އޭނައަށް ހުއްޓުނުކަން އެނގިފައެވެ. ގަނޑުފެންކޮޅެއްހެން ހުރިތަނަށް ވިރިގެން ނުފޭބީ ކިރިޔާއެވެ. ހަޔާތީ ކޮފީ ބޯން އަންނަން އެދުނެވެ. ދަތުރު ވަރުބަލިވެފައިވިޔަސް އަލްޔާނާއަށް ޅީދަރިފުޅުގެ އެދުމާއި ދެކޮޅުހަދާކަށް ނުކެރުނެވެ. އަމްރާން ބުނީ އޭނަ ވަރަށް ވަރުބަލިވެފައިވާ ކަމަށާއި ނިދާލަން ބޭނުންކަމުގައެވެ. އެމީހުންނާއެކު ކޮފީ ބޯން އަންނަން ކޮންމެވެސް ބަހަނާއެއް ދެއްކީކަން ހަޔާތީއަށް އެނގުނެވެ. ހަޔާތީ ހެދުނު ނާސްތާ ތައްޔާރުކޮށްލުމަށްފަހު ދެތަށި ކޮފީހަދައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ. ހަޔާތީގެ މަސައްކަތްތެރިކަމާއި ވައްޓަފާޅި ހުރީވެސް މައިދައިތައަކު ރުހޭފަދަ ގޮތަކަށެވެ. އެންމެ ނަޒަރަކުން އަލްޔާނާއަށް ހަޔާތީ ކަމުގޮސްފިއެވެ. ދެމީހުން އެތައް އިރެއް ވާންދެން ވާހަކަދައްކަން ތިބިއިރު އަލްޔާނާ ދިރިއުޅެނީ ސްވިޒަލޭންޑްގައި ކަން އެނގުނެވެ. ސްވިޒަލޭންޑުން މީހަކާއި އިނދެގެން ދަރިން އެބަތިބިކަމަށާއި ކުދިންގެ ބައްޕަ ނިޔާވީ ދާދި ފަހުންކަމުގައި އަލްޔާނާ ބުނެލިއެވެ. އެހާ ހިތްހެޔޮ އޯގާތެރި ފިރިއެއް މަދުވާނެކަމުގައި ބުނިއިރު އަލްޔާނާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

އަލްޔާނާ ވީ ހަޔާތީ ރުހޭފަދަ މައިދައިތައަކަށެވެ. އަނގަ ތަޅާ ކޮންމެ ކޮންމެ ވާހަކައެއް ހިއްސާކުރެވޭފަދަ އޯގާތެރި ހިތްހެޔޮ އަންހެނެކެވެ. އޭނަގެ އަމިއްލަ މަންމައާއި މުފުތިހާއަށްވުރެ އަލްޔާނާގެ ހިތް މާ މަޑުކަމުގެ އިހުސާސްކުރެވުނެވެ. ނިކަމެތިންނަށް ވަކި ނަޒަރަކުން ނުދެކޭ މުއްސަދިން މަދުވާނެއެވެ. އަޚުލާގު ކިތަންމެ ރަގަޅުވިޔަސް ހިތާމައަކީ އަމްރާން ފަދައިން އަލްޔާނާވެސް ދީނާއި ދުރުކަމެވެ. ސައިގަޑި ނިމުނުއިރު ދެއްކި ވާހަކަތަކުން ކިތަންމެ ކަމެއް އެނގިއްޖެއެވެ.

އަލްޔާނާގެ ވާހަކަ އަމްރާން ދުވަހަކު ނުދައްކަނީހެއްޔޭ އެހުމުން ދޮގުހަދާކަށް ނުކެރުނެވެ. ހަޔާތީ ބުނީ އޭނަ ހީކުރީ އަމްރާންގެ މަންމަ ނިޔާވެފައިވާކަމަށެވެ. ދުވަހަކު އަމްރާންގެ މަންމަގެ ނަން މިގޭތެރޭގައި ކިޔާފައި ނުވާކަމުގައި ހަޔާތީ ބުނެލިއިރު ހަމްދަރުދީވިއެވެ.

"ހީ ހޭޓްސް މީ....."

"ރެންގެ ކުށެއްނެތް. ހަގީގަތުގައި ރެން ގެ އުމުރުން ހަ އަހަރުގައި ރެންގެ ބައްޕައާއި ވަކިވެގެން މިގެއިން ދާން ޖެހުނު ދުވަހު ރެން ރުއިވަރު އެލޮލުން ފެނުނު ކުލަވަރު އަދިވެސް ހިތުގެ ފުންމިނުގައި ރައްކާކުރެވިފައިވޭ ދުވަހަކު އެކަރުނަތައް ހިތުން ނުފިލާނެ. އަދި އަދަށް ދާންދެން އެކަމާއި ހިތާމަކުރަން. ކޮންމެ ދެމަފިރިއެއްގެ ދޭތެރޭ މައްސަލަތައް ޖެހޭނެ. ރެންގެ ބައްޕައާއި އަހަންނާއި ޖެހުނު މައްސަލަތަކުގައި ރެންއަށް ކުށްވެރިކުރެވޭނީ މި މަންމަ. ރެން ވަރަށް ލޯބިވާނެ ބައްޕަ ދެކެ. ކުޑައިރުވެސް އަބުދުލްއަޒީޒު އޮފީހަށް ދުރުވާއިރު ޑޭޑް ލަވް ޔޫ އޭ ނުބުނާ އެންމެ ދުވަހެއްވެސް ނުދާނެ. އެނބުރި ދުރުވާ އިރެއް ގެ އިންތިޒާރުގައި ދޮރުމަތީގައި ހުންނާނެ. ކޮންމެ އޮފީހަށް ދުރުވީމަ ތުންކޮޅު ފިތާލައިގެން ރޮވިފައި އިނދެ ބައްޕަ މިސްވާ ވާހަކަ ބުނާނެ. އަބުދުލްއަޒީޒުވެސް އެހާވަރަށް އެކުއްޖާދެކެ ލޯބިން ސްޕޮއިލް ކޮށްލާފައިވީ. އޭނަގެ ފުރާނައަކީ ހުރިހާ އުފަލަކީ ރެން. އެދެބަފައިން ވަކިކޮށްލާކަށް ނުކެރުނު. މަންމަ ބިޓްރޭ ކޮށްފައި ދިޔަކަމަށް ރެން ދެކެނީ. ރެންގެ ކޮއްކޮމެންނާއި އެހާ ދުރުން އުޅޭނީ. އެހެންވެ ފިރިމީހާ ނިޔާވުމަށްފަހު ދަރިފުޅަށްޓަކާ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ނިންމީ. އެދަރިފުޅުގެ މޫނުމަތިން ހިނިތުންވުން ދެކެން ބޭނުން. އަދި އަދަށް ދާންދެންވެސް ރެން މަންމަ އަކަށް މާފުނުކުރޭ. ................." އަލްޔާނާ ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ.

ހަޔާތީއަށްވެސް ކުށްވެރިކުރެވުނީ އަލްޔާނާއެވެ. ބޭރު މީހަކާއި ހިތާވެގެން އަބުދުލްއަޒީޒު ދޫކޮށްލާފައި ގޮސް އެހެން ހަޔާތެއް ފެށީއެވެ. އަބުދުލްއަޒީޒުއާއި ކުޑަ ދަރިފުޅު އެކަނިކޮށްލާފައެވެ. ދެވަނަ ކައިވެންޏެއް ނުކޮށް މުޅި ހަޔާތް ވޭތުކުރީ ހަމަ ދަރިފުޅުގެ ހައްގުގައި ދޮންމަންމައެއް ނުހޯދައެވެ. ހަޔާތީގެ ހިތުގައި ގަދަރާއި އިހުތިރާމް އުފެދުނެވެ.

އަމްރާން އަންހެނުންނަށް އިތުބާރު ނުކުރަނީ މަންމަ ކަންތައްކުރި ގޮތުންނެވެ.

ނަމަވެސް އެގަޑިއަކީ ކާކަށް ދޭން ޕާރުސަލް ކުރި ގަޑިއެއް ހެއްޔެވެ؟

މައިދައިތައާއި ފުރަތަމަ މައްސަލަޖެހުނީ ހަޔާތީ އޮފީހުން ގެއަށް އައިއިރު ކަފަލޮލީ ފެންނާން ނެތުމުން އެލީން ކައިރިން އަހާލީމައެވެ. އެލީން ބުނީ އަލްޔާނާގެ ބޮޑީގާޑު އަތަށް ދީފައި އެސޮރު ގެއިން ނެރެލައިފި ކަމުގައެވެ. ރުޅިއާއި ހިތާމައިން ފޯވުމާއެކު ހަޔާތީ އަލްޔާނާ ހޯދަން އެބޮޑުގޭގައި އަތްފުނާއެޅިއެވެ. މައިދައިތަ ބޮލުގައި އަޅުވަންވެގެން އެލީންވެސް ކޮންމެފަދަ ބޮނޑިއެއްވެސް ދީފާނެއެވެ. އޭނަ އެލީންއަށް ޒައްރެއްގެ މިންވަރަށްވެސް އިތުބާރުކުރަނީއެއް ނޫނެވެ. ފަހުން އަލްޔާނާ ގެއަށް އައުމުން އަހާލުމުން ބުނީ ފަކުރު ގަންނާތީ އެހެންވެ ބޮޑީގާޑު އޭތި ގެންގޮސް އެއްލާލީކަމުގައެވެ. ހަޔާތީ އަލްޔާނާއާއި ޒުވާބުނުކުރާކަށް ނޫޅުނެވެ. އެދިޔަ ބާރުމިނުގައި އަމްރާންގެ ކޮޓަރިއަށްވަނެވެ. އެކޮޓަރީގެ ފުޅާ ކުޑަދޮރުތަކުގައި ދަމާފައިވާ ފަރުދާތައް ފޫދުއްވާލާފައި ރަންކުލައިގެ މަޑު އައްޔެއް ކޮޓަރިތެރެއަށް ދީފައި އޮތެވެ. އަމްރާން އެނދުގައި ކުރުއަތްމައްޗަށް އޮށޯވެލައިގެން ވިސްނުމެއްގައި އޮތްއިރު އެ މޫނަށްވެސް ރަންކުލަވެރިވެފައިވާއިރު ނިކަން ހިތްގައިމެވެ.

"އައިމް ސޮރީ ޓު ޑިސްޓާބް ޔޫ. ކަފަލޮލީ އެއްލާލަން މަންމައަށް ހުއްދަދިނީ ؟ " ހަޔާތީ ކިރިޔާ ނުރޮވި ހުރިކަމެވެ.

"ކީކޭ ތިކިޔަނީ؟ " އަމްރާން އެނދުން ބޭރަށް ފައި އެލުވައިލިއެވެ. އެޚަބަރުން އަމްރާންއަށްވެސް ސިހުމެއްލިބުނެވެ.

"އެލީން ދޮގުހަދާ މީހަކަށް ވީތީ ހީކުރެވުނީ ދޮގެއްހެދީކަމަށް. އެކަމަކު ކަފަލޮލީ އެއްލައިލި ކަމަށް މަންމަ އެއްބަސްވެއްޖެ......................." ހަޔާތީގެ ދެލޮލުގައި ބޮޑެތި ކަރުނަތިކިތަކެއް ހަރުލައިފިއެވެ. ކިރިޔާ ނުފައިބާ ހުރިކަމެވެ. ހަޔާތީގެ ހިތަށް ލިބިފައިވާ ދަތިކަން އެދެލޮލުން ފެންނާން ހުރީ މީހަކަށް އަސަރުނުކުރާ ވަރަކަށް ނޫނެވެ. އަމްރާންއަށްވެސް އެކަރުނަތަކުން އުދަގޫވީކަން ނޭގެއެވެ.

އަމްރާން އިތުރު ވާހަކައެއް ދެއްކުމެއްނެތި ވަގުތުން ނުކުމެގެން ދާން ހިނގައިގަތެވެ.

ހަޔާތީ ކައުޗަށް ދެފައި އަރުވާލައިގެން ކަކޫދޭތެރޭ މޫނު ފޮރުވިގޮތަށް ރޮވިއްޖެއެވެ. އެތައް އިރެއްވާންދެން ރޮއިރޮއި އިންއިރު ގަޑިންވީއިރެއްވެސް ނޭގުނެވެ. ބޭރުތެރެއިން ކަފަލޮލީގެ އަޑުއިވުނުހެން ހީވެފައި ނުކުތްއިރު އަމްރާން ކަފަލޮލީ އުރާލައިގެން ހުއްޓާ ރޮމުންގޮސް ހަޔާތީ އަށް ހެވިއްޖެއެވެ. ވަގުތުން ކަފަލޮލީ އަތުލާ މޭގައި ބޮނޑިކޮށްލައިފިއެވެ.

"ތެންކިއު........" ހަޔާތީގެ ދެލޮލުން ޝުކުރުވެރިކަމުގެ ކުލަ ފެނުނެވެ.

"މަންމަ ކޮންތާކު...." ހަޔާތީ އަހައިލިއެވެ.

"ރިޒޯޓަށް ދިޔައީ....." އަމްރާން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ހަޔާތީއަށް އަމްރާންގެ އަތުގައި ހިފާނުލެވުނީ ހަމަ ކިރިޔާއެވެ. އަމްރާން ބަލައިލިގޮތުން ލަދުން މަރުވާވަރުވިއެވެ. އެތޫނު ނަޒަރު ފެނުނީ ދާދި ގާތުންނެވެ. އަސަރުގަދަ ފުން ދެލޮލުގައި ހިތާމައާއިއެކު އެފެނުނީ ރުޅިވެރިކަން ހެއްޔެވެ؟

"ސޮރީ އެކަމަކު އެއްޗެއް އަހާލަންތަ؟ ކީއްވެ މަންމަދެކެ އެހާ ހޭޓްކުރަނީ؟ ކީއްވެ މަންމައައި ދުރުން އުޅެނީ؟ " ހަޔާތީ ޖެހިލުންވެފައި ހުރެވެސް އަމްރާންގެ ހިތުގައިވާ އެއްޗެއް ސާފުކޮށްލަން ބޭނުންވިއެވެ. މިގަނޑުފެންގަނޑު ވިރުވާލަން ފަސޭހައެއްވެސް ނުވާނެއެވެ. ނަމަވެސް އޭނަ ހިތްވަރުކުރާނެއެވެ. ހުރިހާ ޖަޒުބާތުތައް އެތެރޭގައި ފޮރުވައިގެން ހުރުމުން ސިއްހަތާއި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެއެވެ.

"ތިހެން އެހީ ދެންމެ ހިނގި ކަންތައް މިހާ އަވަހަށް ހަދާންނެތުނީތަ؟ " އަމްރާން ނިތްކުރިއަށް ރޫ އަރުވައިލިއެވެ.

"މަންމަ ކަފަލޮލީދެކެ ފަކުރުންނޯ ބުނީ. ކިތަންމެ ހިތް ހެޔޮވިޔަސް މަންމަމެން އެކަހަލަ ކަމެއް ކޮށްފާނެ. މާފުނުކުރާވަރުގެ ކަމެއްނޫން. އެޓްލީސްޓް ކަފަލޮލީ މިއޮތީ ސަލާމަތުން...." ހަޔާތީގެ އަތުން ސޮއްސާލައިގެން ކަފަލޮލީ ތިރިއަށް ފޭބިއެވެ. އަމްރާންގެ ފައިތިލައާއި ޖިންސާއި ކުޅެންފެށީ ނިކަން ގަޔާވެއެވެ. އަމްރާން ގުދުވެ އެސޮރުގެ ކެހުރުގަނޑުގައި އަތް ބީއްސާލާފައި ގޮސް ފަހަތު ފެންޑާއަށް ނުކުތީ އެސޮރަށް އެސޮރުގެ މަކާން ދެއްކުމަށެވެ. ހަޔާތީވެސް އަމްރާންއާއި ވާހަކަދައްކާލަން ފަހަތުން ހިނގައިގަތެވެ. އޭނަ ގެ ޕްރޮގްރާމްތަކާއި ބެހޭގޮތުން އަދި ފަންޑުތައް ހޯދުމާއި ބެހޭގޮތުން ދައްކަންޖެހޭ ބައިވަރު ވާހަކަތައް އެބަހުއްޓެވެ. ޖެހެމުންދާ ފިނިވައިރޯޅިތަކުން ފިނިފެންމަލުގެ މީރުވަސް ގެނެސްދެއެވެ. ހަނދު ހިނިތުންވެލައިގެން މުޅި ކާއިނާތަށް އޭގެ އަލިކަން ފޯރުވާ ލޯބިވެރިންގެ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭން މަސައްކަތްކުރާފަދައެވެ. ހަނދުވަރުގެ އުޖާލާ އައްޔާއެކު ބަގީޗާގެ ބޮކިތަކުގެ އަލި އެކުވެގެން ހިތްގައިމުކަމެއް އެތަނުގައިވިއެވެ. އަމްރާން އުނދޯލީގައި އިށީނެވެ. އުނދޯލި ހެއްލަން ނޫޅެ ބިންމަތީގައިގައި އެއް ފައި ވިއްދާލައިގެން އަމިއްލަ ދުނިޔެއެއްގައި އިންފަދައެވެ.

"މައިންޑް އިފް އައި ޖޮއިން ޔޫ؟ " ހަޔާތީގެ އެ ސުވާލަށް ޖަވާބެއް ނުދެނީސް ހަޔާތީ ދެމީހަކަށް އިށީދެވޭނެ ޖާގަ ދޫކޮށް އުނދޯލީގެ އަނެއްކޮޅުގައި އިށީނުމުން އަމްރާން ރުޅިއަންނަގޮތްވިއެވެ. ހަޔާތީ ބުނީ އަމްރާންއާއި ވާހަކަދައްކަން ބޭނުންވާކަމަށެވެ. ޖެހިލުންކުޑަކަމާއިމެދު އަމިއްލަ ނަފުސާއިމެދު ހައިރާންވިއެވެ. އަމްރާން ރުޅިއައިސްގެން މިއުޅެނީ އޭނައާއި މިކާލްގެ ވާހަކަތައް ނޫހުގައި ޖެހިދުވަހުން ފެށިގެންނެވެ. އެކަމާއި ރުޅިއައިސްފާ ވާހަކަ ދައްކާ ހިތް ނުވެފައި ހުއްޓާ މަތިންބައިން ޖެހިގެން އޭނަ މިއުޅެނީ އަމްރާން ފަހަތުންނެވެ. އަމްރާން ހީކުރާނީ ކީކޭހެއްޔެވެ؟ ސްކޫލް ދުވަސްތައް ހަދާނަށް އަންނާންފެށިއެވެ.

"ފުރަތަމަވެސް ބުނެލަން ބޭނުން. އަޅުގަނޑު އެދުވަހު ކޮފީ ގިރީ. އެކަމަކު އެއްވެސް ޕޮއިޒަންއެއް ނާޅަން. އެލީންގެ ސިޔާސަކަން ބޮޑުކަމުން އުޅެން އުދަގޫވާ ހިސާބަށްދާފަހަރު އާދޭ. އެލީންއަށް އެނގިގެން ހިނގިކަމެއްކަން ޔަގީނާ ގާތަށް އެނގޭ. އަޅުގަނޑުގެ ފޯނުން ސަޖަލްއަށް މެސެޖްކޮށްގެން ނޫސްތަކުގައި ލިޔުއްވި މީހަކީ އެލީން. ޕްރެޒިޑެންޓް އެސެސިނެޓްކުރަން ދިން ޕޮއިޒަންގެ ނަމާއި ދިން ތެރަޕީ އެއްޗެހިވެސް އެގުނު. ސޯ..........ކަލްޕްރިޓް އެއޮތީ މާ ރީއްޗަށް އެނގިފައި.........."

ކަފަލޮލީ ބޯޅައެއްގެ ފަހަތުން ދުވެދުވެ އޮވެފައި ބައެއްފަހަރު ހިޔަނިތަކާއި ކުޅެލައެވެ. އާދައިގެ މަތިން އަމްރާންގެ ފަޔާއި ކުޅެލުމުން ކަފަލޮލީއަށް މަޖާވާފަދައެވެ.

"އައި ޑޯންޓް ކެއާ.....އަހަރެން މަރާލިޔަސް އަހަރެންގެ ފަރުވާލެއްނެތް. މަރާލައިގެން އެމީހަކަށް އުފަލެއް ލިބެންޏާ ހިތްހަމަޖެހުމެއް ލިބެންޏާ އަދިވެސް ޓްރައިކުރޭ......ޑޫ އައި ލުކް ލައިކް ސަމްވަން ހޫ އިޒް އެފްރެއިޑް އޮފް ޑެތް؟" ފަނޑު އަލިކަމުގެ ތެރެއިން އަމްރާންގެ ލޮލާއި ހަތަރުކަޅި ހަމަވުމުންވެސް ހަޔާތީއަށް އެލޮލުން ކުރި އަސަރު ކުޑައެއްނޫނެވެ. އަމްރާންގެ ލޯ ވަރަށް ރީތިކަމުގައި ހިތް އެއްބަސްވިއެވެ. އޭނަ ލިޔުނު މަޖާ ޅެންތައް ހަދާންވެ ހެވޭގޮތްވެސްވިއެވެ. ތިޔަ ދެލޮލުގެ ރީތިކަމުން އުޑުގައި ވިދާ ތަރިތަކެކޭ ތަފާތެއްނެތެވެ. ތި ރީތި ދެލޯ ވަގަށް ނެގޭނަމަ އެކަންވެސް ކުރާނަމެވެ. ތިލޮލަށް ތައުރީފުކޮށް މި ގަލަމުގެ ދެލި ހުސްވިޔަސް ތައުރީފަށް ނިމުމެއްނެތެވެ. އެހާވެސް ލޯބިވާ ރީތި ލޮލެކެވެ.

"ބަޓް.............."

"އަޅުގަނޑާއިމެދު އެންމެން ޝައްކުކުރާތީ ބުނެދޭން ޖެހުނީ......" ހަޔާތީ ތެދުވާންވެގެން އުދޯލީގައި އަތް އެޅުމާއިއެކު އަމްރާން އެއަތްމަތީ އަތްބޭއްވުމުން ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.

"ހަޔާތީ ތިހާ އިނޮސެންޓްކޮށް ހުއްޓަސް ހަމަ މެޗުއާ ވުމެންއެއްނު. މީހަކާއި މެރީކޮށްފައި ހުރީ. ވީ އާ ބޯތު އެޑަލްޓްސް........އަހަރެން މިސާލަކަށް ބުނެފިއްޔާ އަހަރެން ބުނި ކޮންމެ ކަމެއްކޮށްދޭނަންތަ؟ "

"ނޯ..........." ވަގުތުން ފުންމައިގެން ތެދުވުނުގޮތަށް އެތަނުން ދާންވެގެން އުޅުނަސް އަމްރާން އަތުން ދޫކޮށެއްނުލިއެވެ.

"ލެޓް ގޯ އޮފް މައި ހޭންޑް..ޕްލީޒް....."

"ދޫނުކޮށްފިއްޔާ. މިހާރު މަގޭ ހައްގެއްނު ތީ........" އަމްރާންގެ މަގުސަދަކީ ކޮބާކަމެއް ނޭގުނަސް ހަޔާތީގެ ހިތުތެރޭ ބިރުވެރިކަން އުފެދުނީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. އަމްރާން އޭގެ މާނަ ނެގީ އެހެން ގޮތަކަށެވެ. ދެކުނީ އަދިވެސް ހަޔާތީގެ ހިތުގައިވަނީ މިކާލްކަމެވެ. ކުއްލިއަކަށް އަތުން ދޫކޮށްލާފައި އެތަނުންދާން އުޅެފައިވެސް އަމްރާން ޚިޔާލު ބަދަލުވިއެވެ. ހަޔާތީ އަމިއްލައަށް ދަންޏާ ގޮސްދާނެ ނޫންހެއްޔެވެ؟ ހަޔާތީގެ އަތުން ދޫކޮށްލުމުން ހަޔާތީ ކޮންމެވެސް ވަރަކަށް އެކަމާއި ހިތާމަކުރިއެވެ. އަމްރާން ދެރަކޮށްލެވުނީ ބާވައެވެ. މިކާލްއާއިއެކުވެސް އޭނަ އުޅުނީ ހަމަ މިކަހަލަގޮތަކަށެވެ. އެއީ ކޮންމެހެން މިކާލްދެކެ ލޯބިނުވާތީއެއް ނޫނެވެ. ހަޔާތީއަށް އެލީންގެ ހީލްތަކުގެ އަޑު އިވުމާއެކު ގޮސް އިށީދެލެވުނީ އަމްރާންއާއި ޖެހި ފިތިގެންނެވެ. އެލީންއަށް އެދެމީހުންގެ ގުޅުމެއް ނެތްކަމަށް ޝައްކުކުރެވޭތީ އެކަން ބަދަލުކޮށްލާހިތުން ހަމަ ލޯބިވެރިއެއްފަދައިން ހަރަކާތްތައް ބެހެއްޓުނެވެ. އަމްރާންގެ ކޮނޑުގައި ބޯ އަޅާލީވެސް އެލީންއަށް އެ މަންޒަރު ދެއްކުމަށެވެ. އެލީން ހީލިއެވެ.

މިދުވަސްކޮޅު އަބުދުލް އަޒީޒު ހުންނެވީ ވިޔަފާރި ދަތުރެއްގައި ރަށުން ބޭރުގައެވެ. އަމްރާން ބަލިވެގެން ހޮސްޕިޓަލުގައި އޮތްއިރު ހަތަރުދަމުހެން އޭނަ އަމްރާންގެ ގާތުގައި ދަރިފުޅަށް ޚިދުމަތްކުރަން އުޅެފައި އަމްރާން ރަގަޅުވުމުން ރާއްޖެ ނައިސް ފުރައިގެން ދިޔައީ ޖަރމަނީއަށެވެ. އަލްޔާނާއާއިއެކު ބާޒާރަށް ގޮސްލާފައި ގެއަށް އާދެވުނުއިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. އެލީން ކައުޗްގައި އޮށޯވެލައިގެން ފޮތެއް ކިޔާލަން އޮތެވެ. ގޭތެރޭގައި އުޅޭއިރު ޓައިޓާއި ސޯޓު ލާ އުޅޭ ކުއްޖާ މިރޭ އޮތީ ތަންކޮޅެއް ދޫ ހަރުވާޅަކާއިއެކު އަތްދިގު ޓީޝާޓެއްލައިގެން ސްކާފް ބޮލުގައި އަޅައިގެންނެވެ. އަލްޔާނާ ހަޔާތީއާއެކު މާ ގާތްކޮށް އުޅޭތީ އެލީން ފޫހިވާކަން އޭނަގެ އަމަލު ހުންނަގޮތުން އެނގެއެވެ. އަދި އަލްޔާނާވެސް އެލީން އެގޭގައި އުޅޭގޮތުން އެހާ ހިތްހަމައެއް ނުޖެއެވެ. އޭނައަށް ވެވޭނެނަމަ އަމްރާންއާއި ހަޔާތީގެ ދޭތެރެއަށް އެހެން އަންހެނަކު ވަންނާނެ ފުރުސަތެއް ނުދޭނެއެވެ.

"އައު ވޯންޓް ޓު އިމްޕްރެސް ސަމްވަން....."

'ކާކުތަ؟

"ކޮންމެވެސް މީހެއް.....އިސްލާމިކް ސްޓޭޓް މުޖާހިދެއް......."

"ވާއު"

ހަޔާތީގެ ހިތަށް ބިރުވެރިކަން ވަނެވެ. އެއީ މިކާލްއަށް ވެދާނެއޭ ހިތަށް އެރީ ކީއްވެކަމެއް ނޭގެއެވެ. މިކާލްގެ މިޒާޖުގައި ބަދަލު ހިފުމާއި އޮޅުވާލުން ހުރެދާނެކަމަށް ގަބޫލެއްވެސް ނުކުރެވެއެވެ. ނަމަވެސް އެލީން ލައްވާ އަމްރާންއަށް ވިހަދޭންވެގެން މިކާލް އެލީންގެ ސިކުނޑިއާއި ކުޅެލަފާނެއެވެ. އައިއެސް މީހުން ސިކުނޑި ދޮވެލުމުގެ މާހިރުން ނޫންހެއްޔެވެ؟ ބައެއްފަހަރު ލީން އެ ބަދަލެއް ގެނެސް ދައްކަން އުޅެނީ އަލްޔާނާގެ ރުހުން ހޯދަންވެގެންނާ އެކުގައި ކަމަށް ވެދާނެއޭ ވެސް ހިތަށް އަރައެވެ. ޔަގީންކަމެއްނެތި ހީވާގޮތަށް ވިސްނުމަކީ ފާފައަކަށް ވެދާނެއެވެ. ނަމަވެސް އެލީން އުޅޭގޮތާއިމެދު ކިތަންމެފަހަރު ވިސްނެއެވެ. އެލީން ދީނީފޮތްތައް ނަގައިގެން ކިޔަވަ ކިޔަވާފައި އެމީހުންނަށް ކުށެއްހެން ހީވާފަދަ އެއްޗެއް ފެނޭތޯ ބަލާ ހަޖޫޖަހާ ޖޯކުޖަހަން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެލީންގެ މިޒާޖަށް މަޑުމައިތިރިކަމެއް ވެރިވެ ތަންކޮޅެއް ގިނައިން ކަމަކާއި ވިސްނާކަން ފާހަގަކުރެވުނެވެ. ހަޔާތީއާއި ދިމާލަށް ނުސީދާކޮށް މަލާމާތްކުރުން ހުއްޓާލައިފިއެވެ. ކަޅި އެޅުން އެއްގޮތަކަށްވެސް ނެތެވެ.

އެލީން ކޮރެއަން ޑްރާމާއެއްގެ ފޯރީގައި ޖެހިފައި އެތައް ދަމެއްވާންދެން އޮތުމަށްފަހު ރަޖާގަނޑުދަށުގައި ފޮރުވިގެން ނިދަން މަސައްކަތްކުރިއެވެ. އެނދުގެ އެއްފަރާތުގައި އޭނަ ކުރިން ކިޔަން ގެންގުޅުނު "ފިފްޓީ ޝޭޑްސް އޮފް ގްރޭ" އާއި ހެޑްސެޓެވެ. ފުންނިދީގައި އޮވެފައި ހޭލެވުނީ ތަފާތު ހުވަފެނެއް ފެނިގެންނެވެ. ހަގީގަތާއި އެއްގޮތް ހުވަފެނެކެވެ. ހުވަފެނުން ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނުގޮތަށް ހޭލެވުނުއިރު އޭނަގެ އަތުގައި ކޮންމެވެސް ވަރަކަށް ހީބިހި ނަގާފައެވެ.

"ގޯޑް...ކޮންކަހަލަ ހުވަފެނެއްތަ؟ " އެލީންގެ ހިތް އަވަސްވެ މޭގައި ކުޝަން ޖައްސާ ބާރުކޮށްލެވިއްޖެއެވެ. އެނދުގެ ފަޑީގައި ލެނގިލައިގެން އިންއިރު އެ ހުވަފެނާއިމެދު ނޫނީ ޚިޔާލެއް ނުކުރެވުނެވެ. އެއީ އިންޒާރެއްހެއްޔެވެ؟ ނޫނީ ހަގީގަތުގައިވެސް އިލްހާމެއް ހެއްޔެވެ. ކަރުތެރެ ހިކިފައިވާ ވަރުން ތެދުވެގެންގޮސް ފިނި ފެންތަށްޓެއް ދަމާލުމަށްފަހު އަނެއްކާވެސް އެނދަށް އެރިގޮތަށް ނިތްކުރީ އަތް ބާއްވާލައިގެން އޮވެވުނީ ވިސްނުމެއްގައެވެ.

އޭނައަށް ފެނުނު ހުވަފެން ހަޔާތީއާއި ހިއްސާކުރަން ވީބާވައެވެ. ނޫނީ އޭނަ އެންމެ ލޯބިވާ ފަރާތް ކައިރިން އެ ހުވަފެން ތައުބީރުކުރުވަންވީއެވެ.

އަމްރާން ކެބިނެޓް މިނިސްޓަރުންނާއި ބައްދަލުކުރުމަށްފަހު އޭނަގެ އޮފީހަށް ވަންއިރު ހަޔާތީ އިންތިޒާރުގައި އިންދާ ފެނުމުން ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. ހަޔާތީ ބޭނުންވީ އެކަނިވެރި ވަގުތުކޮޅަކަށެވެ. އޭނަ ދައްކަންޖެހޭ ރަސްމީ ވާހަކަތަކެއް ހުރުމުން ރައީސްއާއި ހިއްސާކޮށްލަން އައީއެވެ. ހަޔާތީ އެދުނީ ޗެރިޓީ މަސައްކަތްތަކަށް އިތުރު ފަންޑު ދިނުމަށެވެ. އޭނަގެ ހުރިހާ ހުށަހެޅުމެއްގައި ދީނީ ކުލަ ހުއްޓެވެ. ހަޔާތީ ބޭނުންވީ އިސްލާމިކް ރިޕަބްލިކް އޮފް މޯލްޑިވްސްގެ ނަމަށް ރާއްޖޭގެ ނަން ބަދަލުކޮށް ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ހުންނަންވީ ހުރިހާ ޝަރުތެއް ފުރިހަމަކުރުމަށެވެ. ގައުމީ ހެދުމުގައި ބުރުގާ ހިމަނަން ޖެހޭނެއެވެ. ހުރިހާ މުވައްޒަފުންގެ ރަސްމީ ހެދުމަކީ ބުރުގާ އެޅި ހެދުންކަމުގައި ހަދާންވާނެއެވެ. އަދި ކެބިންކުރޫންގެ ޔުނިފޯމާއިއެކީ ބުރުގާއަޅަން ވާނެއެވެ. ހުރިހާ ސްކޫލެއްގައި އަރަބިބަހާއި ތައުހީދު ކިޔަވާދެވެން ޖެހޭނެއެވެ. އޭރުން މި ގައުމަކީ އަމާން އުފާވެރި އެއްބައިވަންތަ މުޖުތަމައަކަށްވެގެން ދާނެއެވެ. ދެވަނަ ދެމީހުން ވާހަކަދައްކަން ތިބިއިރު އަމްރާން އިނީ ހަޔާތީ ދެއްކިހާ ވާހަކަތައް ކަނުލާ އަހާށެވެ. ވާހަކަތައް ނިމުމުން އަމްރާން ހޭންފެށިއެވެ.

"މަގޭ ވައިފް ކޮންދުވަހަކު އެކްސްޓްރީމިސްޓަކަށްވީ؟"

"މިއީ މޮޑެރޭޓް އިސްލާމީ މުޖުތަމައެއްގައި ހުންނަންވާނެ ސިފަތައް. އޭރުން އަދި މާ ގިނަ މީހުންގެ ހިތް އަތުލެވޭނެ................." ހަޔާތީ "ފްލާޓް"ކުރާ ފަދަ ގޮތަކަށް ހީލިއެވެ. ވާނީ އެހެންތާއެވެ. މަގޭ ވައިފް އޭ ކިޔާފައި މުޚާތަބުކުރި ގާތްގޮތަކުން އޭނައަށްވެސް ސަމާސާކޮށްލާނެ ހިތްވަރުލިބުނީއެވެ. ދެމީހުން ދޭތެރޭގައިވާ ގަނޑުފެން ކޮންމެވެސް ވަރަކަށް ވިރެން ފަށައިފިއެވެ.

"އެހެން ބަޔެއްގެ ހިތް އަތުލާ ހިތަކުން ނޫޅެން. އެންމެ ހިތެއް ބޭނުންވީ އެކަމަކު ނުލިބުނު."

"ކާކު؟ " ހަޔާތީ ޝައުގުވެރިވިއެވެ. އަމްރާން އެސުވާލު އިވުނުކަމަކަށް ނެހެދިއެވެ.

"ދެންމެ ކިޔައިދިން ޝަރުތުތަކާއި ބުރުގާ އަޅުވާ ވާހަކައަށް ޖަވާބެއް ދީފާނަން. ރާއްޖޭ މީހުންގެ ޗޮއިސްއަކީ ތިއީއެއްނޫނޭ ބޭބީ. ގިނަމީހުން ޚިޔާރުކުރީ މެދުމިނަށްވުރެވެސް ބޮޑަށް ދީނާއި ދުރު ސިޔާސަތެއް ގެންގުޅޭ އެލްޑީޕީއަށް ކަން ހަޔާ ބޭބީ ހަދާންނެތުނީތަ؟ ސޮރީ ޑާލިން. އަންހެންކުދިން ހެދުން އަޅާގޮތަށް ފާޑުކިޔާ ވަކި ހެދުމެއް އަޅަން މި ސަރުކާރުން ނާންގާނެ. އެންމެންގެ ދަރިންނަށް އަރަބިބަސް ކިޔަވާދޭކަށް ބޭނުން ނުވެ ހިގައިދާނެ. އެންމެން ބުރުގާ އަޅަން ބޭނުމެއްނުވާނެ. ބައެއް މީހުން މިނިވަންކަމަށް ލޯބިކުރޭ. މިހާ ހޫނު ގައުމެއްގައި ބުރުގާ ކޮންމެހެން އަޅާކަށް ނުޖެހޭނެއޭ ބުނާ މީހުން ޝޭޚުންވެސް އަހަރެމެން ތެރޭ އެބަތިބި. ތައުހީދާއި ޓްރިނިޓީއަކާވެސް އަހަރެން ގަޔާނުވާއިރު ތި ހުރިހާ ކަމެއް ކުރެވޭތަ. މްމް. މިހުރިހާ ޚިޔާލެއް ބޮލުތެރެއަށް ވެއްދީ އެ ނާޑް...... މިކާލްތަ؟ " އަމްރާން މިކާލްގެ ނަން ކިޔަން ބޭނުންނުވާފަދައެވެ. އެނަން ކިޔައިލި ރާގުންވެސް ހަޔާތީއަށްވެސް އެކަން އެނގުނެވެ.

"މިކާއަކީ ނާޑްއެއް ނޫން. ރަކިގޮތެއް ހުރީމަ އަދި މާ ފިރިހެން......" ހަޔާތީ ދިފާއުކުރިއެވެ.

"ހުއްޓާލާ. އަދި މަގޭ ކުރިމަތީ އޭނަ ޑިފެންޑްކުރަން އުޅޭނެކަމެއްނެތް އިނގޭ. ދުވަސްކޮޅަކުން ފެންނާނީ ކޮންމެވެސް ކަމެއްގެ ތުހުމަތުގައި ޖަލަށް ލާފައި އޮތްވާ. ކާޒްއާއި ގާތްވާން އުޅުނަސް އޭނަ ރެކޭނެގޮތެއް ނޯންނާނެ. ދުޝްމަނުންތައް މިނިވަންކަމާއިއެކު ދޫކޮށްފައި އުޅެންޏާ ވާނެގޮތް އަހަންނަށް މާ ރަގަޅަށް އެނގޭ. އަދިވެސް މިކާލް ބޭނުންވޭތަ. އޭނަ މަތިން ވަރަށް ހަދާންވޭ ދޯ. ސަންތި މަރިޔަބު..........." އަމްރާން އެހިއެވެ. އަމްރާން ބައިޕޯލާ މީހެކޭވެސް ހިތަށް އެރިއެވެ. އެއްފަހަރު ލޯބިން ބޭބީ ކިޔައިގެން ވާހަކަދައްކާފައި ދެވަނަ ސިކުންތުގައި އޭނަ ސަންތިމަރިޔަބަށް ވެއްޖެއެވެ.

އެ ސުވާލަށް ދޭނެ ޖަވާބެއް ހަޔާތީއަކަށް ނޭގުނެވެ.

"ލެޓްސް ސީ. ކާކަށް ތޯ ކާމިޔާބުވާނީ...." އަމްރާން އިރުކޮޅެއްވާންދެން ހަޔާތީގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ހަޔާތީވެސް އިނީ ހުއްޓުން އަރާފައެވެ. ދިގުދެމިގެން ދިޔަ ނަޒަރުން ހިތުގެ ފުންމިނަށް އަސަރުކުރުވިއެވެ. އޭނަ ރީތިވެގެން ތައުރީފުކުރި ދެލޮލުގައި އަދިވެސް އެ ބާރެވެ. އަދިވެސް ހަމަ އެ ޖާދުވީ ދެލޮލެވެ. އެލޮލުން އޭނައަށް ބަލަމުން ދިޔައިރު އޭނަގެ މޫނަށް ރަތްކުލަވެރިވިކަން އިހުސާސްކުރެވުނެވެ. އެހާ ލަދުގަންނަގޮތްވިއެވެ. ނަސީބަކުން އަމްރާންގެ ފޯނު ރިންގުވާން ފެށުމުން ސަމާލުކަން ދިން ވަގުތު ހަޔާތީ ފުރުސަތުގެ ބޭނުން ހިފާ އަވަހަށް ގޮނޑިން ތެދުވެގެން ހިގައިގަތެވެ.

އަމްރާންއާއި ހަޔާތީގެ ގުޅުން ކޮންމެވެސް ވަރަކަށް ރަގަޅުވިއެވެ. އަމްރާންއާއި އަނގައިން ބުނާހިތުން އެކޮޓަރިއަށް ޒިޔާރަތްކުރެވޭވަގުތު ގިނަވާންފެށިއެވެ. ފިނިފެންމާތައް ބިދެގެންގޮސް ވާސްތަކުގައި ޖަހާ އުއްބައްތިތައް ދިއްލާލެވެއެވެ. އަމްރާންގެ ހެދުންތައް ދޮވެ އިސްތިރިކޮށްދޭއިރު ބައެއްފަހަރު ގަމީސްތައް މޫނުގައި ޖައްސައިލެވެނީ ގަމީސްތަކުގައި ހިފާފައި ހުންނަ މީރުވަހުގެ ސަބަބުންނެވެ. މަޑުމަޑު ތުވާލިތަކުގައި އެހުންނަ ލުއި ވަހަކުންވެސް ހިތްފުރޭވަރުވެއެވެ. އަމްރާންއަށް ކޮށްދޭން ޖެހޭ އެފަދަ ކޮންމެ ޚިދުމަތެއް ކޮށްދެނީ ހިތާއި ރުހުމުންނެވެ. ކޮޓަރިތެރެއާއި ވޯކްއިން ކްލޯޒެޓް ތަރުތީބުކޮށް އޮފީހަށްދާ ހެދުން ނަގާދެނީވެސް އޭނައެވެ. އަލްޔާނާ ކޮންމެ ދުވަހަކު ހެދުނު އެގެއަށް އައިސް ވަގުތު ހޭދަކުރާނެއެވެ. ޓީވީ ޝޯ އެއް ބަލައިލަން ނޫނީ ލައިބްރަރީގައި ފޮތެއް ކިޔާލަން އިނދެދާނެއެވެ. ފަތާލަން ނޫނީ ޖިމުގައިވެސް ވަގުތު ހޭދަކުރެއެވެ. ބައެއްފަހަރު ކުޅިވަރުކުޅެން ޚާއްސަބަޔަށް ގޮސް ބިލިއާޑް ފަދަ އެއްޗެއް ކުޅެން ހަޔާތީ ބައިވެރިކުރާނެއެވެ. އަލްޔާނާ ނަމާދުނުކުރާކަން ހަޔާތީއަށް އެނގުނެވެ. އެހާވަރަށް އަލްޔާނާގެ ހަރަކާތްތަކަށް ހަޔާތީ ބެލިއެވެ. އެކަމާއި ވިސްނާފައި ހަޔާތީ އަލްޔާނާ ގެންގޮސް ނަމާދުކުރާ ބައި ދެއްކީ ނަމާދަށް ހިތް ޖައްސުމަށެވެ. އެއީ އޭނަގެ އެންމެ ފެވެރިޓް ކޮޓަރިކަމުގައި ބުނުމުން އަލްޔާނާ ހިނިތުންވެލިއެވެ. ވަރަށް ރީއްޗޭ ބުނެލިއެވެ.

"ޕީސްފުލް.....ޕްރެޔާ ރޫމްސްތައް މިހެން ހުންނަން ޖެހޭނީ......" އަލްޔާން ނަމާދުކުރާކަށް ނޫޅެ އެތަނުން ނުކުތުމުން ހަޔާތީ އެކަމާއި ކަންބޮޑުވިއެވެ. މައިދައިތައަށް ހިދާޔަތް ދެއްވުމަށް ދުޢާކުރެވުނެވެ. އެމެސެޖް އަލްޔާނާއާއި ހަމަޔަށް ގެންދާނެ ގޮތަކާއިމެދު ފިކުރުކުރިއެވެ.

ހަޔާތީ ފެންވަރާ ރީތިވެލައިގެން ސްޓްރައިޕް ޓީޝާޓަކާއިއެކު ޖިންސެއްލައިގެން މަތިން ދިގު ޖެކެޓެއްލިއެވެ. އިސްތަށިގަނޑު މައްޗަށް ކަހާ އޮމާންކޮށްލައިފިއެވެ. މޮއިސްޗަރައިޒާއެއް ލުމުން މޫނު އޮމާންކަމުން އަތްލައިފިޔަސް ކައްސާލާނެއެވެ. އިސްތަށިގަނޑު ނިވާކޮށްލަން ޕީޗްއާއި ލެވެންޑާ ކުލަ އެކުވެފައިވާ ފަށުވި ސްކާފެއް ބޭނުންކޮށްލުމުން ތާޒާ މަލެކޭ ތަފާތެއްނެތެވެ. ހަޔާތީ ތިރިއަށް އައިއިރު ގޭގެ ފަހަތު ފެންޑާއާއި ދިމާލުން މިކާލް އަންނަތަން ފެނި ފިޔަވަޅުތަކަށް ހުއްޓުނެވެ. ހިތަށް ފިނިވެގެން ދިޔައީ އާދަޔާ ޚިލާފަށެވެ. މިކާލް އެގޭގައި ކީއްކުރަނީހެއްޔެވެ؟

"އެކްސައިޓް ވީތަ؟ ނޫނީ ހާސްވަނީތަ؟ ޕެނިކް އެޓޭކެއްބާ....' ހަޔާތީ ހިތާހިތުން ކިޔައިލިއެވެ. މިކާލް އަރާ ހަމަވުމުން އޭނަ މިކާލްގެ ނަމުން ގޮވައިލިއިރު ގާތްކަމެއް ހުއްޓެވެ.

"މިކާ. ތި އަންނަނީ ކަފަލޮލީއަށް ވިޒިޓްކޮށްފަތަ؟ ހިޒް ހޯމް އިޒް އަވާ ބެކްޔަޑް...." ހަޔާތީ ހަމަޖެހިލަން މަސައްކަތްކުރިއެވެ. މިކާލް މަޑުކޮށްލި ނަމަވެސް ބަލަން ހުރީ ދުރަށެވެ. ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެހި ހަޔާތީއާއި ހިއްސާކުރާކަށް މިކާލް އުޅުމުގެ މާނައެއް ނެތެވެ. " ޔޫ ވާ ނެވާ މައިން. ވައި ޑަޒް ސްޓިލް އިޓް ހާޓް ސޯ މަޗް....."

"މިކާ.......ޓޯކް ޓު މީ. އެގޮތަށް އަހަރެން އެއްލާލާފައި ގޮސް ހިތަށް އެރީމަ އައިސް އަދި އަނގައިން ނުބުނެ ތި ހުންނަނީ އަނެއްކާ ކޮން ރޭވުމެއް ރާވަންބާވައޭ ހިތަށް އަރާ. ބުނެބަލަ މިކާ ކޮންގޮތަކަށް ތިއުޅެނީ. ވަޓް ހެޕެންޑް ޓު ޔޫ. ވައި ޔޫ ބްރޯކް މައި ހާޓް. އެއްވެސް އެއްޗެއް މިކާ ހިތަށް ނާރާތަ؟ " ހަޔާތީ މަޑުމަޑުން ވާހަކަދެއްކިއެވެ.

"އަހަރެން އެއްވެސް މީހެއްގެ ހިތް ހަލާކެއް ނުކުރަން. ޔޫ ބްރޯކް ޔޯ އޯން ހާޓް..އެންޑް ބައި ބްރޭކިން އިޓް ޔޫ ބްރޯކް މައިން ޓޫ. އެކަމަކު އަހަންނަށް އިންތިޒާރުނުކޮށް އެހެން މީހަކާއި ކައިވެނިކުރުމަށްފަހު އެ ހަދާންތައް ހިތުން ނެރެ އެއްލާލައިފިން. މިހާރު ތީ މަގޭ އެއް ނޫން. އަހަރެންގެ އަމިއްލަ މީހެއްގެ ގޮތުގައިވާން އޭރުވެސް ދެކޮޅު ހެދީމެއްނު. މިހާރު އެންމެ ރަގަޅުވާނީ ހަޔާތީ ޗޫޒްކުރި ލައިފް ޕާޓްނާއާއިއެކު ދިރިއުޅުމެއް ހޯދަން މަސައްކަތްކުރިއްޔާ. އެކަމަކު އޭނަ ކައިރީ ބުނޭ އޭނަ ދައްކާ ވާހަކައަށް ތައުބާ ވާށޭ. ނޫނީ ދުޝްމިނުން ގިނަވާނެ. އެންމެން ކުރިމަތީ މުރުތައްދުވީ މީހެއްވިއްޔަ އެންމެނަށް އެނގޭގޮތަށް ދީން ގަބޫލުކުރަންވާނީ....................." މިކާލް ގެ އަޑުގައި ވި އަސަރަކުން ހަޔާތީގެ ހިތް ރޫރޫ އަޅައިގަތެވެ. މިކާލް އޭނަދެކެ ވާ ލޯބި އެ ޖުމްލަތަކުންވެސް އަންގާދީފިއެވެ.

"ކީއްވެ އޭނައާއިއެކު ދެން މިކާ ތިއުޅެނީ؟"

"އޭނައާއިއެކު އުޅޭކަށް ނޫނޭ މިގެއަށް އަންނަނީ. ކާޒްއާއިއެކު " މިކާލް ފަސްދީފައި ހިނގައިގަތުމުން ހުއްޓުވަންވެގެން ހަޔާތީއަށް ހިފެހެއްޓުނީ ޓީޝާޓުގައެވެ. ފަހަތުން އަމްރާން އައިކަން އެނގުނީ ބާރުގަދަ އަތަކުން އޭނަގެ އަތުގައި ހިފާފައި މިކާލްގެ ޓީޝާޓުން ނެއްޓުވުމުންނެވެ. އަދި މަޑުމަޑުން ދުރަށް ކޮށްޕާލުމުން ކޮރިޑޯގެ ފާރަށް ލެނގެވުނުއިރު މިކާލްވެސް އެނބުރި ބަލާލައިފިއެވެ. ފިޔަވަޅުތައް ހުއްޓުނެވެ. ހަޔާތީގެ ހިތަށް ނުބައިގޮތެއްވިއެވެ. އޭނަ ގުޑާވެސްނުލާ ޖެހި ބުދެއްހެން އެއްފަރާތުގައި ހުރިއިރު އަމްރާންއާއި މިކާލްއާއި ދެމީހުންގެ މޫނަށް ބަލަމުން ދިޔައެވެ. އެދެމީހުން މިއުޅެނީ ސްކޫލްގައި ހިންގިފަދަ ތަޅާފޮޅުމަކަށް ދާންހެއްޔެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ދެމީހުންގެ ލޮލުން ނަފްރަތާއި ރުޅިވެރިކަން ނޫން އެއްޗެއް ނުފެނެއެވެ. އެކަކު އަނެކަކަށްޓަކާ ދެހިތުގައި ކުޑަނަމަވެސް ހަމްދަރުދީއެއް ކުލުނެއްނެތެވެ. ރުޅިވެރިކަމުގެ އިންތިހާއެވެ. އަމްރާން މުށްކަވައިލި އަތް ޖީބަށް ޖެހިއިރު މިކާލްގެ ގައިގާ ނުޖަހާވޭތޯ އަމިއްލަ ނަފުސާއި ހަގުރާމަކުރިއެވެ. މިކާލްވެސް އެވަރެވެ. ހަޔާތީ ބޭނުންވީ ހަގުރާމަ ނުފެށެނީސް ސުލްހަކުރުމަށެވެ.

"ވީ އާ ނޮޓް ޓީންސް އެނީ މޯ.........." ހަޔާތީ ކަންބޮޑުވެފައިވާގޮތަކަށް ހީގަތެވެ.

(ނުނިމޭ...)

https://sun.mv/116572

comment ކޮމެންޓް
ގުޅޭ ޚަބަރު