މާލޭގެ ގުދަނެއްގެ ތެރޭގައި ދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

ފައިލް ފޮޓޯ

މާލޭގެ ގުދަނެއްގެ ތެރޭގައި ދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:41 އެހައިކަންހާއިރު ގަލޮޅު ލޯލާ ފިހާރަ ކައިރީ ހުރި ގުދަނެއްގެ ތެރޭގައި ކަމަށެވެ.

ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވެފައި ވަނީ 25 އަހަރުގެ ބަނގުލަދޭޝްގެ ފިރިހެނަކާއި 38 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަށް ވެސް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށާއި އެއްވެސް މީހަކަށް ސީރިއަސް ޒަޚަމެއް ލިބިފައިނުވާ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އެނގުނު ގޮތުގައި އެ މާރާމާރީއަކީ އެ ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށާއި އެ މައްސަލައިގެ ތުހުމަތުގައި 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް