އައްޑޫ ފްލައިން ސްކޫލުގެ ތައުރީފް ވެސް ކެޕްޓަން ބާސިތުއަށް

މޯލްޑިވިއަންގެ ފްލައިޓު Q2118 ގެ ފައިލެޓް ބާސިތު (މ)، ކޯޕައިލެޓް ރިމާހު (ވ) އަދި ފްލައިޓު ސުޕަވައިޒަރ ހަސްނާ (ކ) -- ފޮޓޯ/ މޯލްޑިވިއަން

ލޭންޑިންގް ގިއަރަށް މައްސަލައެއް ދިމާވި މޯލްޑިވިއަންގެ Q2118 ފްލައިޓުގެ ޕައިލެޓާއި ކްރޫއިންނަށް ތައުރީފް އޮހެމުންދާއިރު، އެ ބޯޓުގެ ޕައިލެޓް ކެޕްޓަން ކެޕްޓަން އަބްދުލް ބާސިތް އިބްރާހިމް (ބާއްކޮ)ގެ ހިތްވަރަށާއި ފަންނުވެރިކަމަށް އޭނާ ކިޔެވި އައްޑޫ ފްލައިން ސްކޫލުން ވެސް ތައުރީފްކޮށްފި އެވެ.

ފްލައިން ސްކޫލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ އެ ސްކޫލުން ކިޔެވި ދަރިވަރާމެދު ފަހުރުވެރިވާ ކަމަށެވެ.

މޯލްޑިވިއަންގެ ޑޭޝް އަށެއްގެ Q2118 ފްލައިޓުގެ ލޭންޑިން ގިޔަރަށް ދިމާވި މެކޭނިކަލް މައްސަލައެއްގެ ސަބަބުން ލޭންޑު ނުކުރެވި އެއް ގަޑިއިރާއި 20 މިނެޓު ހޭދަވި އެވެ.

ފްލައިޓަށް ދިމާވި މައްސަލައާ އެކު ގަން އިންޓަނޭޝަނަލް އެއާޕޯޓު އެލާޓަށް ގެނައި ކަމަށް އެ އެއާޕޯޓުގެ މުވައްޒަފަކު ބުންޏެވެ.

ނަމަވެސް ޕައިލަޓުންގެ މަސައްކަތުން މައްސަލަ ހައްލުކޮށް އެ ފްލައިޓު ވަނީ ސަލާމަތުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފަ އެވެ.

ފްލައިޓުގައި އޭރު ދަތުރުކުރަމުން ދިޔައީ 44 މީހުންނާއި އެއް ކުޑަކުއްޖެކެވެ. އެ ހާދިސާގައި ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

comment ކޮމެންޓް