"ކަލަންކް"ގެ ޓީޒާ ދައްކާލައިފި

ކަލަންކްގެ ޕޯސްޓަރެއް---

މީގެ ފަނަރަ ވަރަކަށް އަހަރު ކުރީން ޕްލޭން ކޮށްފައި ވާ ފިލްމު "ކަލަންކް"ގެ ޓީޒާ ޓްރެއިލާ އިއްޔެ ދައްކާލައިފިއެވެ.

އެ ޓީޒާ ރިލީޒް ކުރީ އެކަމަށް ހާއްސަކޮށްގެން ދަރްމާ ޕްރޮޑަކްޝަންއިން ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ޓީޒާއިން ފިލްމުގެ މުހިއްމު ބައެއް ތަރިންގެ ފެނިލުން ދައްކާލިއިރު ހުރިހާ ތަރިންވެސް ތިބީ ތަފާތު ކޮށެވެ. އެހެން ފިލްމުތަކާ ހިލާފަށް ތަރިން ކޮށްފައިވާ ބުރަ މަސައްކަތް ވެސް ފިލްމުގެ ޓިޒާ ޓްރެއިލާއިން ފެނިގެންދެއެވެ.

ދަރްމާ ޕްރޮޑަކްޝަން އާއި ނަޑިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް އިން ގުޅިގެން ގެނެސް ދޭ އެ ފިލްމުގެ ތަރީންގެ ތެރޭގައި ލެޖެންޑް މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެއެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަންއާއި ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެއެވެ.

އަބީޝޭކް ވަރްމަން ޑައިރެކްޓްކުރާ އެ ފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ.

"މިއީ 1940ގެ އަހަރުގެ ވާހަކަތަކެއް ކިޔާދޭނެ ފިލްމެއް. މި ފިލްމަކީ ކަރަން ޖޯހަރު އަދި ޔަޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމެއް،"

އެ ފިލްމަކީ 80 ކުރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

"ކަލަންކް" މިހާރު ރިލީޒްކުރާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

comment ކޮމެންޓް