އާންމު ވިޔަފާރިތަކާއި ޓުއަރިޒަމް ސެކްޓާ ކުރިއަރައިފި

އެމްއެމްއޭ އިމާރާތް--

މިދިޔަ އަހަރު ގެ ފަހު ކުއާޓަރުގަައި ރާއްޖޭގެ އާންމު ވިޔަފާރިތަކާއި ޓުއަރިޒަމް ސެކްޓާ ކުރިއެރިކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކަގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާރުގައި ޓޫރިޒަމްގެ ދާއިރާ އިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ.

އެގޮތުން އެމްއެމްއޭގެ ކުއާޓާލީ ބޮޒްނަސް ސާވޭގައި ބައިވެރިވި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ 99 ޕަސެންޓު ވިޔަފާރިތައް ކުރިއަރާފައިވާކަމަށް އެ ތަފާސްހިސާބުތައް ދައްކައެވެ.

ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ކުރާ މީހުންގެ އާންދަނީވެސް އެ މުއްދަތުގައި ވަނީ އިތުރުވެފައެވެ. އެގޮތުން ވިޔަފާރި އާމްދަނީ 55 ޕަސެންޓު އިތުރުވިކަމަށް އެ ތަފާސްހިސާބުތައް ދައްކައެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތް ވަނީ ދަށަށް ގޮސްފައެވެ.

comment ކޮމެންޓް