ބަންގުލަދޭޝްގައި މަރުވީ ދިވެއްސެއް ނޫން

ބަނގުލަދޭޝްގެ ބާޒާރުގެ މަގެއްގައި ބަޔަކު ހިނގާފައި ދަނީ-- ސަން ފައިލް ފޮޓޯ

މިދިޔަ ހޮނިހިރު ދުވަހު ބަންގުލަދޭޝްގައި ހިނގި މާރާމާރީއެއްގައި މަރުވީ ދިވެއްސެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެެފިއެވެ.

ބަންގުލަދޭޝްގެ ނޫހެއް ކަމަށްވާ ޔޫއެންބީއިން ބުނީ އެ ހާދިސާގައި މަރުވެފައިވަނީ 35 އަަހަރުގެ ދިވެެއްސެއް ކަމަށާއި އަދި އެ ހާދިސާ ހިނގައިފައިވަނީ އެގަމުގެ ޗުނަރަގަތު ސްޓޭޓްގައިވާ ސަދޭކްޕޫރުގައި ކަމަށްވެސް އެ ނޫހުން ބުންޏެވެ.

ނަމަވެސް "ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާއަކީ ރާއްޖޭގައި މީގެ ކުރިން މަސައްކަތްކުރި މީހެކެވެ. އަދި އޭނާ ރާއްޖޭގެ ރައްޔިތެއް ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ އެކަމުގެ ސަބަބުން އެޅި އޮޅުމަކާ ހެދިގެންކަން "ސަން"އަށް ވަނީ އެނގިފައެވެ.

ބަންގުލަދޭޝްގެ ނޫހުން މަރުވިކަމަށް ބުނެފައިވަނީ ލާލް ޝާހު ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް މިއީ ރާއްޖޭގެ މީހުންނަށް ކިޔައި އުޅޭވެސް ނަމެއް ނޫނެވެ.

އެ ހާދިސާ ހިނގީ ޝާހުގެ ދަރިއަކާ އެހެން ކުޑަކުއްޖަކާ ކުޅެއް އުޅުމުގެ ތެރޭގައި ހިނގި އަރާރުންތަކެއްގެ ތެރެއިން ކަަމަށް އެ ނޫހުން ބުންޏެވެ.

އަދި އަރާރުންތައް ހޫނުވެ، އެ އާއިލާއިން ގޮސް ގޮސް ޝާހުއަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްވިކަމަށާއި އޭނާ މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ކަމަށްވެސް އެ ނޫހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް އެ ނޫހުން ބުންޏެވެ.

comment ކޮމެންޓް