ފުވައްމުލަކު ކުނިގޮނޑުގައި ރޯވެ އަނދަނީ

ފުވައްމުލަކު ކުނިގޮނޑުގައި ރޯވެ އަނދަނީ -- ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކު ސިޓީ ކުނިގޮނޑުގައި ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފްއިން ބުނީ ފުވައްމުލަކު ކުނިގޮނޑުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ފަޔަސްޓޭޝަނުގެ ފަޔަމަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 9:48 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ ކުނިގޮނޑު އޮންނަނީ އެއާޕޯޓުގެ އުތުރުން ލިންކު ރޯޑާ ދިމާ ހޭޅިފަށުގައި ކަމަށެވެ. އެއީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ސަރަހައްދެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ވައި ހުރިގޮތުން މީހުން އުޅޭ ސަރަހައްދަށް ދުމުގެ އަސަރެއް ނުކުރޭ. އެކަމަކު ވައިޖެހޭ ކޮޅު ބަދަލުވެއްޖެނަމަ އާންމުންނަށް ދުމުގެ ސަބަބުން އުނދަގޫވާނެ،" އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ކުނި މެނޭޖުކުމުގެ މަސައްކަތް މިހާރު ކުރަނީ ވެމްކޯއިންނެވެ. ރޯވި ކުނިތަކަކީ މީގެ އެތައް އަހަރެއް ކުރިން ގޮނޑަށް ޖަމާކޮށްފައި ހުރި ކުނި ކަމަށާއި ގޮނޑުގައި ރޯވީ، އެ ކުނިތަކުގެ އަޑިން ހޫނުވެގެން ކަމަށް ބެލޭކަމަށް ލިރާރު ވިދާޅުވިއެވެ.

comment ކޮމެންޓް