ޗައިނާ ސަރުކާރުން ރާއްޖެއަަށް ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހައި އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު އެވޯޑް އަރުވަނީ---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޗައިނާ ސަރުކާރުން ރާއްޖެއަށް ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝައިން މިއަދު ކުރި އިއުލާންގައި ބުނީ ޗައިނާއިން ރާއްޖެއަށް ހަތް ސްކޮލަޝިޕް ދީފައިވާ ކަަމަށެވެ. އޭގެ ތެރޭގައި ހަތަރު ބެޗެލާސް ޑިގްރީ އާއި ދެ މާސްޓާސް ޑިގްރީ އަދި އެއް ޕީއެޗްޑީ ކޯސް ހިމެނޭ ކަމަށެވެ.

ޑިގްރީގެ ކޯސްތަކުގެ ތެރޭގައި މެޑިސިންވެސް ހިމެނެ އެވެ.

މިނިސްޓްރީން ބުނީ އެ ކޯސްތަކުގެ ތެރެއިން ޑިގްރީ ކޯސްތައް ކިޔަވަން ޖެހޭނީ ޗައިނާ ބަހުން ކަމަށާއި އަދި ޗައިނާގައި އެއް އަހަރު ނުވަތަ ދެ އަހަރުގެ ޗައިނީސް ލެންގުއޭޖް ކޯހެއް ފުރިހަމަ ކުރަންޖެހޭނެ ކަަމަށެވެ.

އަދި މާސްޓާސް އަދި ޕީއެޗްޑީ ކޯހުގައި ވެސް ހިޔާރު ކުރާ ޔުނިވާސިޓީއެއްގެ ގޮތުން ޗައިނީސް ބަހުން ކިޔަވަން ޖެހިދާނެ ކަަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ކޯސްތަކުގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީ ކޯހުގައި ނަމަ އުމުރުން 25 އަހަރު ފުރިހަމަވެފައި ނުވަުން އަދި މާސްޓާސް ޑިގްރީގައި ނަމަ 35 އަހަރު ފުރިހަމަވެފައި ނުވުން ހިމެނެ އެވެ. އަދި ޕީއެޗްޑީ ނަމަ 40 އަހަރު ފުރިހަމަވެފައި ނުވުން ހިމެނެ އެވެ.

އެ ސްކޮލަޝިޕް ސްކީމްގެ ދަށުން ހުރިހާ ހަރަދެއް ޗައިނަގެ ސަރުކާރުން ކޮށްދޭނެ ކަަމަށް މިނިސްޓްރީން ބުންޏެވެ.

އެ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ 13:30ގެ ކުރިން ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް