ޝިމާގެ ކޮއްކޮ ގޮވައިގެން ދިޔަ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

އިބްރާހިމް ފަޒީލް =--

ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި، ގެއްލުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ 16 އަހަރުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި އިއްޔެ ދަނިކޮށް ކަނޑުމަތިން ހުއްޓުވައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝިމާ ގޮވައިގެން ދަތުރުކުރި އިބްރާހިމް ފަޒީލް ވެސް ހިމެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރާއި 24 އަހަރު އަދި 26 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު ބުނީ ޝިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ގޮވައިގެން އެ ތިން މީހުން މާމެންދޫއިން ޑިންގީއެއްގައި ފުރީ މޫނު ނިވައިކޮށްގެން ކަމަށެވެ.

ފުލުހުން ބުނީ، އިއްޔެ ހަތަރެއް ޖެހިއިރު މާމެންދޫން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ތިން މީހަކު ސިކްސް ސެންސަސް ލާމު ރިސޯޓު ކައިރިން ދަނިކޮށް ފުލުހުންގެ ބެލުުމުގެ ދަށަށް އެމީހުން ގެންގޮސްފައިވާ ކަމަށެވެ.

ޝިމާ ގެއްލުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދިވެސް މިއަދާ ހަމައަށް އޭނާގެ ހިލަމެއް ނުވެ އެވެ. އަދި އޭނާ ދަތުރުކުރި ޑޮންގީ ވެސް ފެނިފައެއް ނުވެ އެވެ. ޑިންގީ ދުއްވަން އިން ފަޒީލްގެ މައްޗަށް އާއިލާއިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ޝިމާ ގެއްލުނީ ނޫން ކަމަށް ގެއްލުވާލީ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

ފަޒީލް ބުނާ ގޮތުން ޑިންގީ ބަންޑުން ޖަހާލުމުން އޭނާ ސިކްސް ސެންސް ރިސޯޓަށް އެރީ ފަތާފަ އެވެ. އަދި ޝިމާ ގެއްލުމުން ދެރަވާ ކަމަށް އޭނާ މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް